ކުއްލި ޚަބަރު

ކައިރިކައިރީ އިންތިޚާބުތައް އޮތުމުން ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަންކުރަން އެކަށީގެންވާ ފުރުސަތެއް ނުލިބޭ: އާދަމް ޝަރީފް

ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުޚާނާ ގާއިމްކުރުމުން ގދ. އަތޮޅުގެ މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ: ޝިޔާމް

ފެނަކަ އާއި ބްލަޑް ސާވިސް ގުޅިގެން އައްޑޫގައި ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ފަށަނީ

ކައިރިކައިރީ އިންތިޚާބުތައް އޮތުމުން ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަންކުރަން އެކަށީގެންވާ ފުރުސަތެއް ނުލިބޭ: އާދަމް ޝަރީފް

66

ކައިރިކައިރީ އިންތިޚާބުތައް ބާއްވާތީ ރައީސުލްޖުމްހޫރިއްޔާއަށް އެކަށީގެންވާ ގޮތަށް ވެރިކަންކުރަން ފުރުސަތު ނުލިބޭކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ލޯކަލް ގަވާމަންޓް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބާއީ މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމާގުޅޭ ގޮތުން ސިޔާސީ ޕާޓީތަކުގެ ހިޔާލު ހޯދުމަށް ޕާޓީތަކާއެކު މިއަދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކުން ބައްދަލުވުމެއް ވަނީ ބާއްވައިފައެވެ.

އެ ބައްދަލުވުމުގައި ޕީއެންސީގެ ފަރާތުން ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ އިންތިހާބުތައް މިހާރު އޮންނަ ގޮތުން ރައީސުލްޖުމްހޫރިއްޔާ ކަމަށް ވަޑައިގަންނަވާ ބޭފުޅަކު ޖެހިވަޑައިގަންނަވަނީ ގާތްގާތުގައި އިންތިހާބުތަކަށް ތައްޔާރުވެވަޑައިގަންނަވަން ކަމަށެވެ.

އެކަމުގެ ސަބަބުން އިންތިހާބުތަކަށް ތައްޔާރުވުމަށް ވަގުތު ހުސްކޮށް ވެރިކަންކުރަން އެކަށީގެންވާ ފުރުސަތުތަކެއް ނުލިބޭކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

”ރައީސުލްޖުމްހޫރިއްޔާ ވެރިކަން ހިންގުމާއެކުގައި މަޖިލީހުގެ ތެރޭގައި އޮންނަ އޮއިވަރާއި މި ހުރިހާ ކަމެއް ބަލަމުންދާއިރު، ހަގީގަތުގައި ރައީސުލްޖުމްހޫރިއްޔާއަށް އެންމެ އެކަށީގެންވާ ގޮތަށް ވެރިކަންކުރަން، އެ ފުރުސަތު އެންމެ ރަނގަޅަށް އޮންނަ ކަމަށް ގަބޫލެއް ނުކުރެވޭ. މަޖިލިސް ރަނގަޅަށް ފަށައިގަންނައިރު ދެން މި އޮންނަނީ ލޯކަލް ކައުންސިލް އިންތިހާބު، އެހެންވީމާ ދައުރެއްގެ ތެރޭގައި 3އިންތިހާބެއް ތަޖުރިބާ ކުރަންޖެހޭ” މިނިސްޓަރު ވިދާޅުވިއެވެ.

އިންތިހާބުތައް އިރުއިރުކޮޅާ ބާއްވަން ޖެހުމުގެ ސަބަބުން އެކަށީގެންވާ ބާރުމިނުގައި ތަރައްޤީގެ ކަންކަންވެސް ކުރިއަށްނުދާ ކަމަށާއި އެއީ ރާއްޖޭގެ ވެރިކަން ކުރެއްވި ކޮންމެ ވެރިޔަކުވެސް ތަޖުރިބާކުރަން ޖެހިވަޑައިގަންނަވާ ކަންކަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”މުޅި ދައުލަތް މި އޮންނަނީ އިންތިހާބުތަކުން ތަޅު އެޅުވިފައި. ގައުމަށް ހެޔޮ ބަދަލެއް ގެންނާކަށް ފުރުސަތެއް ނުލިބޭ. ތަރައްގީގެ މަޝްރޫއުތައް ހިންގަން އޮންނަ ފުރުސަތު ވަރަށް ބޮޑަށް މި އޮންނަނީ އިންތިހާބުގެ ބަލިމަޑުކަމުގެ ތެރޭގައި ތަޅުއެޅުވިފައި” މިނިސްޓަރު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އެކުގައި ބޭއްވުމުން ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް ސަލާމަތްކުރެވޭނެ ކަމަށް ވެސް ސަރުކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެންމެ ގާބިލު ކެންޑިޑޭޓުން ވާދަކުރަނީ ޕީއެންސީގެ ޓީކެޓުގައި: ފަލާހު

778

މަސްދަޅު ކޭސް ބެހުން ބާރަށް ކުރިއަށް، 4000އަށްވުރެ ގިނަ ގޭބިސީއަކުން ނަންބަރު ނަގައިފި

pnc office

ޝަފީއާގެ ރައްދު ސިޓީ ކައުންސިލަށް: ޕީއެންސީގެ އޮފީސް ހަދަން ހުއްދަ އޮންނާނީ ނަގާފައި

ދީނާ ހިލާފު ކަންކަމަށް ހިތްވަރުދޭ ފިކުރުތަކަށް ފުރުސަތު ދީގެން ނުވާނެ: ރައީސް

TTH_advertisement