ކުއްލި ޚަބަރު

ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުޚާނާ ގާއިމްކުރުމުން ގދ. އަތޮޅުގެ މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ: ޝިޔާމް

ފެނަކަ އާއި ބްލަޑް ސާވިސް ގުޅިގެން އައްޑޫގައި ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ފަށަނީ

ޕާކިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަށުކަށި އިބާރާތުން ކުށްވެރިކޮށްފި

ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުޚާނާ ގާއިމްކުރުމުން ގދ. އަތޮޅުގެ މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ: ޝިޔާމް

66

ގދ. ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުޚާނާ ގާއިމްކުރުމުން ގދ. އަތޮޅުގެ މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް ވިދާޅުވީ، ގދ. ފިޔޯރީގައި ޤާއިމުކުރާ ދަޅުމަސް ބަންދުކުރާ ކާރުޚާނާއަށް ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، މި މަޝްރޫއަކީ އޭގެ ސަބަބުން މުޅި ސަރަހައްދުގެ މަސްވެރިންނަށްވެސް ވަރަށް ބޮޑު މަންފާއެއް ކުރާނެ މަޝްރޫއެއް ކަމަށެވެ. އަދި ކުރިން މަސް ކިރުވުމަށް ކޫއްޑޫއަށް 40 މޭލު ދަތުރުކުރަން ޖެހުމުގެ ސަބަބުން ކުރަންޖެހޭ ބޮޑު ހޭދަ ކުޑަކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ވިދާޅުވިއެވެ. އަދި މިއީ ސަރަހައްދުގައި 3,000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމްކުރުމަށާއި، މިއީ ކުރިން ރައްޔިތުން އެދެމުންދިޔަ 500 މެޓްރިކް ޓަނަށްވުރެ މާ ބޮޑު ކުރިއެރުމެއްކަންވެސް ޝިޔާމް ފާހަގަކުރެއްވިއެވެ.

ޝިޔާމް ވިދާޅުވީ، މަހުގެ އަގު ކަނޑައެޅުމުގެ ބާރު ހޯދުމަށްޓަކައި މަސް ރައްކާކުރެވޭ ކެޕޭސިޓީ އިތުރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެގޮތުން މިހާރު 9،500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ، 25،000 ޓަނަށް އިތުރުކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި އަމާޒު ހާސިލްވުމުން ބައިނަލްއަގުވާމީ ބާޒާރުގައި ދިވެހި މަހުގެ އަގު ކޮންޓްރޯލް ކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ދާއިރާ އިތުރަށް ތަރައްގީކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޚާއްސަ އިސްކަމެއް ދެއްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

“މި ހާލަތު ބަދަލުކުރުމުގެ ވިސްނުންފުޅާއެކީގައި ރައީސް ވަޑައިގެން އެމަނިކުފާނު ހަމައެކަނި ވާހަކަދެއްކެވީކީ ނޫން. އަމަލީ ގޮތުން މި މަސައްކަތްޕުޅު ފެއްޓެވީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މި ފެނިގެންދަނީ މަސްވެރިކަމުގެ ދާއިރާއަށް ފާގަތިކަން ލިބެމުންދާ މަންޒަރު. މަސްވެރިކަމަށް އައު އާރޯކަމެއް ލިބިގެންދާ މަންޒަރު. ރައީސް ކުރައްވާ މަސައްކަތާއެކު އެކި ބާޒާރުތަކުގައިވެސް ރާއްޖޭގައި މި ބާނާ މަހަށް އަގު ލިބުުމުގެ އުންމީދު” ޝިޔާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

990

މިނިސްޓަރު ޝިޔާމާ ބައްދަލުވުމުން ލިބުނީ ޕޮޒިިޓިވް ޖަވާބެއް، މަސްވެރިން ތިބީ އުފަލުން!

448288 12a0cc8e 2

ބޮޑު ކަންންނެލި މަސްވެރިންނާ މިނިސްޓަރު ޝިޔާމް މިއަދު ބައްދަލުކުރައްވަނީ

990

މަސްވެރިކަމާ ބެހޭ ވަޒީރު ޝިޔާމް ދުވާފަރަށް ވަޑައިގެންފި

1234

ރައީސް މުއިއްޒުގެ ސިޔާސަތަކީ މަސްވެރިންނަށް ލިބެންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުން: ޝިޔާމް

TTH_advertisement