ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމި ބައިވެރިންނަށް ސެޓްފިކެޓް ދީފި

2025 ގެ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމި ބައިވެރީންނަށް ސެޓްފިކެޓް ދީފިއެވެ.

ކޮންމެ އަހަރަކު ވެސް ދިރާގުން ކުރިއަށްގެންދާ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް މެދުކެނޑުމެއްނެތި ކުރިޔަށްގެންދާތާ ވަނީ 16 އަހަރު ވެފައެވެ.

ދިރާގުން މިއަދު ބުނީ މި ޕްރޮގްރާމްގެ ދަށުން ފާއިތުވި އަހަރު ޖުމުލަ 15 ބައިވެރިން ދަސްވެނި ވެ ސެޓްފިކެޓް ހާސިލުކުރި ކަމަށެވެ.

އެ ޕްރޮގްރާމްގެ ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެކަމަށްޓަކައި އިއްޔެ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި، ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު އެވެ. އެ ރަސްމިއްޔާތުގައި ދިރާގުގެ ބޯޑު އަދި މަނޭޖްމަންޓްގެ ބޭފުޅުންގެ އިތުރުން ތައުލީމީ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ކަމަށް ދިރާގުން ބުންޏެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ ޒުވާނުންގެ ވަޒީފާ އަދާކުރުމުގެ ހުނަރު ތަރައްގީކުރުމަށް ދޭ އިސްކަމުގެ ދަށުން އެ ކުންފުނިން ހިންގާ އެންމެ މުހިންމު އެއް ސީއެސްއާރު ޕްރޮގްރާމް ކަމަށް ދިރާގުން ބުންޏެވެ. އެއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތައާރަފުކުރި އެފަދަ ފުރަތަމަ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ވެސް އެ ކުންފުނިން ބުނެއެވެ.

2009 ވަނަ އަހަރުން ފެށިގެން ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ވިދިވިދިގެން ކޮންމެ އަހަރަކު ހިންގަމުން އަންނައިރު، މިއަދުގެ ނިޔަލަށް ޖުމުލަ 312 ޒުވާނުން އެ ޕްރޮގްރާމްގައި ބައިވެރިވެފައިވާ ކަމަށް ދިރާގުން ބުނެއެވެ.

މި ރަސްމިއްޔާތުގައި އެ ކުންފުނިން ވަނީ 25 ބައިވެރިންނާއެކު ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ 17 ވަނަ ބެޗަށް ވެސް މަރުހަބާ ކިޔައިފައެވެ. އެ ޕްރްގާމް ކުރިޔަށްގެންދަނީ ސްޓްރަކްޗާޑް ޓްރެއިނިން ޕްރޮގްރާމަކާއި ސޮފްޓް ސްކިލްސް ޑިވެލޮޕްމަންޓް ޓްރެއިނިންގެ އިތުރުން ދިރާގުގެ މައިގަނޑު ގިނަ ވިޔަފާރީގެ ދާއިރާތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާ ގޮތަށްކަމަށް އެކުންފުނިން ބުންޏެވެ.

އެ ޕްރޮގްރާމުގެ ސަބަބުން އެޕްރެންޓިސުންނަށް ކާމިޔާބު ކެރިއަރަކަށް ދިއުމަށް މަގުފަހިވެގެން ދެއެވެ. އަދި އެޕްރެންޓިސުންނަށް މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ދިރާގު ރީޖަނަލް އޮޕަރޭޝަންސް ސެންޓަރުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ދިރާގުން ބުންޏެވެ.

އެ ރަސްމމިއްޔާތުގައި މިނިސްޓަރު ހައިދަރު ވިދާޅުވީ، މަސައްކަތްތެރިކަމާ ގުޅޭގޮތުން ތަމްރީނު ދިނުމުގައި ވޭތުވެދިޔަ 17 އަހަރު ދުވަހުގެ ތެރޭގައި ދިރާގުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުން ވަނީ ނަމޫނާ ދައްކައިފައި ކަމަށެވެ.

އަދި، ދިވެހި ޒުވާނުންގެ ހުނަރުވެރިކަމާއި ފަންނުވެރިކަން ތަރައްގީކޮށް ކުރިއެރުވުމަށް ދިރާގުން ގެންގުޅޭ ބަދަލެއްނުވާ ސިޔާސަތުތަކާއި އިސްތިރާޖްތަކުން ހުނަރުވެރި މަސައްކަތްތެރީންތަކެއް ވަޒީފާގެ ބާޒާރަށް ނެރެދިނުމަށް ކެނޑިނޭޅި ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައި ވަނީ ޝުކުރުއަދާކުރައްވައިފައެވެ.

ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވަނީ ފާއިތުވި އަހަރުގެ ދަސްވެނިންނަށާއި މި އަހަރު އަލަށް ބައިވެރިވި އެޕްރެންޓިސުންނަށް މަރުހަބާ ވިދާޅުވެފައެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ އެންމެ ބޮޑު މަގުސަދަކީ ދިވެހި ޒުވާނުންނަށް މަސައްކަތުގެ މާހައުލުގެ ތަޖުރިބާއާއި ހުނަރު އަދި މަސައްކަތުގެ އަހުލާގު ދަސްކޮށްދިނުން ކަމަށް އިސްމާއީލް ވިދާޅުވިއެވެ. އެ ޕްރޮގްރާމުން ލިބޭ ތަޖުރިބާތަކާއި ދަސްވާ ކަންކަމުގެ ބޭނުން ރަނގަޅުގޮތުގައި ހިފައި، އެ ކަމުގެ ސަބަބުން ކެރިއާ އިތުރަށް ތަރައްގީވެ، އިތުރު ކާމިޔާބީތައް ހާސިލުކުރާނެކަމަށް އުންމީދުކުރައްވާކަމަށް އިސްމާއީލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދިރާގުން މީޑިއާނެޓްއާ ގުޅިގެން އެމްޓީވީ މޮބައިލް ސްޓްރީމިންގެ ހިދުމަތް ތައާރަފުކޮށްފި

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ދިރާގުގެ އާ ޕާޓްނަރު ފިހާރައެއް ހުޅުވައި

ހސދހ 750x375

ދިރާގުގެ ލޯންޗު ލިބޭ ފުރަތަމަ ނަސީބުވެރިޔާ ހޮވައިފި

ދިރާގުގެ ފުރަތަމަ ސްޕީޑްބޯޓު ލިބޭ ނަސީބުވެރިޔާ މި ހުކުރު ދުވަހު ހޮވަނީ

TTH_advertisement