ކުއްލި ޚަބަރު

ނިއުމޯނިއާ ޖެހިގެން ގައިދީއަކު މަރުވެއްޖެ

ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ 3 ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު

ބޮޑު ދެ އިންތިޚާބު އެކުގައި ބާއްވަން ސަރުކާރުން ތާއީދު ކުރަނީ ރައްޔިތުންނަށް ފައިދާވާނެތީ: ބަންޑާރަނައިބު

ނިއުމޯނިއާ ޖެހިގެން ގައިދީއަކު މަރުވެއްޖެ

778

ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ގައިދީއަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަތާ ހަފުތާއެއްފަހުން މިއަދު ހެނދުނު މަރުވެއްޖެއެވެ.

ކަރެކްޝަނަލް ސާވިސްއިން ބުނީ މަރުވީ މާލޭ ދަފްތަރު ނރ.439، އުމުރުން 53 އަހަރުގެ އިބްރާހިމް ސުހައިލް ކަމަށެވެ.

އޭނާގެ ސިއްޙީ ހާލު ދެރަވުމުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާތާ ހަފްތާއެއް ވެފައިވާކަމަށް ކަރެކްޝަނުން ބުންޏެވެ. އިބްރާހިމް ސުޙެއިލް މަރުވެފައިވަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް ނިއުމޯނިއާ ޖެހިގެން މިއަދު ހެނދުނު 9:05 ހާއިރު ކަމަށް އެ އިދާރާއިން ބުންޏެވެ.

މީގެ އިތުރުން އޭނާއަކީ މިދިޔަ އަހަރުގެ ތެރޭ ސްޓްރޯކެއްޖެހިގެން، އެކަމަށް ވެސް ފަރުވާ ހޯދަމުންއައި މީހެއްކަމަށް ކަރެކްޝަނުން ބުންޏެވެ.

އިބްރާހިމް ސުޙެއިލް މަރުވުމާ ގުޅިގެން ވަގުތުން އެކަން މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

ޖަލުތަކުގައި ހުކުމް ތަންފީޒުކުރަން ތިބޭ ގައިދީން މަރުވުމުގެ ހާދިސާތައް ވެސް މަދުން ނަމަވެސް ހިނގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު
TTH_advertisement