ހއ. ބާރަށު ކައުންސިލްގެ ރައީސް ކަމަށް ވެރިކަންކުރާ ޕީއެންސީން ކުރިމަތިލެއްވި އަލީ ޝަމީމް ކައުންސިލްގެ ރައީސް ކަމަށް އިންތިޚާބަކާ ނުލައި ހޮވިއްޖެއެވެ.
އިންތިހާބަކާ ނުލައި ބާރަށު ކައުންސިލްގެ ރައީސް ކަމަށް އަލީ ޝަމީމް ހޮވުނީ އެ ގޮނޑިއަށް އިތުރު ބޭފުޅަކު ވާދަކުރައްވާފައިނުވާތީއެވެ.
މިކަން އިލެކްޝަންސް ކޮމިޝަނުން އަދި ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ.
އަލީ ޝަމީމް މިވަގުތު ހުންނެވީ ލޯކަލް ގަވާމެންޓް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު ކަމުގެ މަގާމުގައެވެ.
ޕީއެންސީގެ ކެމްޕޭން މެނޭޖަރު އިބްރާހީމް ފަލާހު ވިދާޅުވެފައި ވަނީ ކައުންސިލް އިންތިހާބުގެ މެޖޯރިޓީ އެ ޕާޓީން ނަގާނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު