ކުއްލި ޚަބަރު

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

Election commission

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި 2،993 ކެންޑިޑޭޓުން ވާދަކުރާނެކަން އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކައުންސިލާއި އަންހެނުންގެ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރަން ހުޅުވާލި މުއްދަތު ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އެއީ ކައުންސިލް އިންތިޚާބުގައި ވާދަކުރަން ހުށަހެޅި 1،936 ފޯމާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ވާދަކުރަން ހުށަހެޅިި 1،611 ފޯމެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅި ހުރިހާ ފޯމެއްވެސް މިހާރު ޕްރޮސެސްކޮށް، ފޯމު ހުށަހެޅި ފަރާތްތަކަށް ޖަވާބު ދީފައިވާ ކަމަށެވެ. އެގޮތުން، ޖުމްލަ 2،993 މީހެއްގެ ކެންޑިޑެސީ ގަބޫލުކުރުމަށް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.

މި ނިންމުމާއެކު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެކި ރަށްރަށުން ޖުމްލަ 1،610 ކެންޑިޑޭޓުން ވާދަކުރާނެއެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް 1،383 ކެންޑިޑޭޓުން ވާދަކުރާނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މި އަދަދުތަކަށް ބަދަލެއް އަންނާނީ ކެންޑިޑޭޓަކު އަމިއްލައަށް ނަން އަނބުރާ ގެންދިއުމުން ނުވަތަ އެ ކޮމިޝަނުން ބަލައިނުގަންނަ ފޯމެއް ހުށަހެޅި ފަރާތަކުން ކޯޓަށް މައްސަލަ ހުށަހަޅައި، ކޯޓުން އެ ފޯމު ބަލައިގަތުމަށް އަމުރުކުރާ ހާލަތެއްގައި އެކަނި ކަމަށެވެ.

މި އިންތިޚާބުތަކުގައި ވާދަކުރަން ފޯމު ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުގެ 17ވަނަ ދުވަހުއެވެ. މިފަހަރު ފޯމު ހުށަހަޅަން ފުރުސަތު ހުޅުވާލީ އެ ކޮމިޝަންގެ މައި ޕޯޓަލް މެދުވެރިކޮށެވެ.

އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއްވާ ގޮތުގައި ޕޯޓަލުން ފޯމު ހުށަހެޅި ބައެއް ފަރާތްތަކުގެ ކެންޑިޑެސީ ގަބޫލުނުކުރާ މައިގަނޑު ސަބަބުތަކެއް ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން ކުށާއި ދަރަނީގެ ރެކޯޑު އުމުރަށް ހުށަހަޅާފައި ނެތުމާއި، ކުށެއް ނުވަތަ ދަރަންޏެއް އޮތްނަމަ އެކަމުގެ ތަފްސީލު ހުށަހަޅާފައި ނެތުމާއި ކަރެކްޝަނަލް ސަރވިސްއިން ފުރިހަމަކޮށް، ހުށަހަޅަންޖެހޭ ކުށުގެ ރެކޯޑު ބައެއް ފަރާތްތަކުން ހުށަނާޅާކަން އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރައްވައެވެ.

ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ އޭޕްރީލް މަހުގެ 4ވަނަ ދުވަހުއެވެ. މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. އަދި އަންހެނުންގެ ކޮމިޓީތަކަށްވެސް އެ އަދަދަށް މެންބަރުން އިންތިޚާބު ކުރާނެއެވެ.

މި އިންތިޚާބުގައި 294,937 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެއެވެ. އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Election

ކައުންސިލް، ޑަބްލިޔުޑީސީ އިންތިޚާބު: 2888 މީހެއްގެ ކެންޑިޑެންސީ ބަލައިގެންފި

election commission

ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމުގެ ވިސްނުމެއް ނެތް: އީސީ

Election commission

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރަން ހުޅުވާލި މުއްދަތު މާދަމާރެއަށް ހަމަވާނެ

election commission

މެނުއަލްކޮށް ފޯމު ބަލައިގަތުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް

TTH_advertisement