ކުއްލި ޚަބަރު

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ކައުންސިލް، ޑަބްލިޔުޑީސީ އިންތިޚާބު: 2888 މީހެއްގެ ކެންޑިޑެންސީ ބަލައިގެންފި

Election

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ އިންތިޚާބު 2026 އަށް ކުރިމަތިލި 2888 މީހެއްގެ ކެންޑިޑެންސީ ބަލައިގެންފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީން މިއަދު އާންމުކުރި މައުލޫމާތަށް ބަލާއިރު، 30 ޖެނުއަރީ 2025ގެ 23:00ގެ ނިޔަލަށް ކައުންސިލްތަކަށް ކުރިމަތިލި މީހުންގެ ތެރެއިން 1556 މީހެއްގެ ކެންޑިޑެންސީ ވަނީ ބަލައިގެންފައެވެ. އެއީ ސިޔާސީ ޕާޓީތަކުން 1197 މީހަކާއި، އަމިއްލަގޮތުން ވާދަކުރާ 359 މީހެކެވެ. މި މުއްދަތުގައި ސިޔާސީ ޕާޓީތަކުން ކުރިމަތިލި 169 މީހެއްގެ ކެންޑިޑެންސީ ގަބޫލުނުކުރަން ވަނީ ނިންމާފައެވެ. އެއިގެ ތެރެއިން 163 މީހަކު އަލުން ވަނީ ފޯމު ހުށަހަޅާފައެވެ. އަމިއްލަގޮތުން ފޯމު ހުށަހެޅި 140 މީހެއްގެ ކެންޑިޑެންސީ ބަލައިނުގަތުމަށް ނިންމާފައިވާއިރު އެއިގެ ތެރެއިން 123 މީހުން އަލުން ވަނީ ފޯމު ހުށަހަޅާފައެވެ.

30 ޖެނުއަރީ 2025ގެ 23:00ގެ ނިޔަލަށް ޑަބްލިޔުޑީސީ އަށް ސިޔާސީ ޕާޓީތަކުގެ ފަރާތުން ކުރިމަތިލި 1091 މީހެއްގެ ކެންޑިޑެންސީ ބަލައިގެންފައިވާއިރު، އަމިއްލަގޮތުން ވާދަކުރަން ހުށަހެޅި 241 މީހެއްގެ ކެންޑިޑެންސީ ވަނީ ބަލައިގެންފައެވެ. މި މުއްދަތުގައި ސިޔާސީ ޕާޓީތަކުން ޑަބްލިޔުޑީސީތަކަށް ވާދަކުރުމަށް ހުށަހެޅި 125 މީހެއްގެ ކެންޑިޑެންސީ ބަލައިގެންފައިނުވާއިރު، އެއިގެތެރެއިން 118 މީހުން ވަނީ އަލުން ކެންޑިޑެންސީ ހޯދަން ހުށަހަޅާފައެވެ. އަދި އަމިއްލަގޮތުން ވާދަކުރަން ހުށަހެޅި 91 މީހެއްގެ ކެންޑިޑެންސީ ބަލައިނުގަންނަން ނިންމުމުން އެއިގެ ތެރެއިން 74 މީހަކު މިހާރު ވަނީ އަލުން ފޯމު ހުށަހަޅާފައެވެ.

މި އިންތިޚާބުގައި ޖުމްލަ 225 ދާއިރާއަކުން، ޖުމްލަ 1,356 މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލްތަކަށް އިންތިޚާބުކުރާ 678 މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިޚާބުކުރާ 678 މެންބަރުންނެވެ.

މި އިންތިޚާބުގައި ޖުމްލަ 621 ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާއިރު، މި އިންތިޚާބުގައި އަތޮޅުތެރޭގެ ރަށްތަކުގައި 321 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މާލެ ސަރަޙައްދުގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނާއި ސިޓީތަކުގެ ރައްޔިތުން ވޯޓުލުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ޖުމްލަ 240 ވޯޓު ފޮށި ބަހައްޓާނެއެވެ. އަތޮޅުތަކާއި ސިޓީތަކުގެ އިތުރުން، އިޤްތިޞާދީ އަދި އެހެނިހެން ދާއިރާތަކަށް ޚާއްޞަކޮށްގެންވެސް ވޯޓު ފޮށިތައް ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އެގޮތުން ރިސޯޓްތަކުގައި 50 ވޯޓު ފޮށި، ޖަލުތަކުގައި 5 ފޮށި، އަދި ސިނާއީ މަސައްކަތްކުރާ ތަންތަނުގައި 3 ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ވޯޓުލުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ބޭރު ގައުމުތަކުގައި 2 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އެ ދެ ގައުމަކީ ސްރީލަންކާ އާއި މެލޭޝިޔާއެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 294,937 މީހުންނަށް ލިބިގެންވެއެވެ. މި އިންތިޚާބު ބާއްވަން އީސީން ތާވަލުކޮށްފައި ވަނީ 4 އޭޕްރިލް 2026 ވާ ހޮނިހިރު ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Election commission

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

election commission

ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމުގެ ވިސްނުމެއް ނެތް: އީސީ

Election commission

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރަން ހުޅުވާލި މުއްދަތު މާދަމާރެއަށް ހަމަވާނެ

election commission

މެނުއަލްކޮށް ފޯމު ބަލައިގަތުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް

TTH_advertisement