ކުއްލި ޚަބަރު

ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި

އަދާލަތު ޕާޓީގެ ރައީސް ކަމަށް ޝައިޚް ޝިފާން އިންތިޚާބުވެއްޖެ

އެމްއޭސީއެލް އިން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ފަށައިފި

އޮންޓަޕްރިނިއަރޝިފް ފެސްޓިވަލްގައި ރާއްޖޭން ބައިވެރިވެއްޖެ

މި ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު އެއް އޮންޓަޕްރިނިއަރޝިފް ފެސްޓިވަލް، ޝާރުޖާ އޮންޓަޕްރިނިއަރޝިޕް ފެސްޓިވަލް 2026 ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ޝާރުޖާގައި، 31 ޖެނުއަރީ އިން ފެބްރުއަރީ 1 އަށް ކުރިއަށްދާ އޮންޓަޕްރިނިއަރޝިޕް ފެސްޓިވަލް (އެސް.އީ.އެފް) 2026 ގައި ދިވެހިރާއްޖެ ތަމްސީލްކުރާ ވަފުދުގައި އިސްކޮށް ޙަރަކާތްތެރިވަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިންނެވެ.

މި ފެސްޓިވަލްގައި، ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާގައި ފާހަގަކޮށްލެވޭ ތިން ވިޔަފާރިއެއް ދަނީ، ބީސީސީ މެދުވެރިކޮށް ބައިވެރިވަމުންނެވެ. އެއީ ޕައި ނެޓްވޯކްސް، ޖަވާބު އަދި އީޒެޕް އެވެ.

މި ފެސްޓިވަލްގައި ބައިވެރިވުމުގެ މައިގަނޑު މަގްސަދަކީ ދިވެހި އީޖާދީ މަސައްކަތްތައް ސަރަހައްދީ ފެންވަރުގައި ދައްކާލުމާއި، އިސްތިރާތީޖީ ގުޅުންތައް ގާއިމުކުރުން ކަމަށް ބީސީސީއިން ބުނެފައިވެއެވެ.

މީގެ އިތުރުން، ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބައިނަލްއަގުވާމީ މާކެޓްތަކުން ފުރުސަތު ހޯދައިދިނުމަކީވެސް މި ދަތުރުގެ މުހިންމު ބޭނުމެއް ކަމަށް ބީސީސީ އިން ދެކެއެވެ. މި ފެސްޓިވަލްގެ ތެރެއިން ކުރިއަށްދާ އެގްޒިބިޝަންތަކާއި ނެޓްވޯކިންގް ސެޝަންތަކުގެ އެހީގައި، ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން ދިނުމާއި އިންވެސްޓްމަންޓްތައް ހޯދުމުގެ ފުރުސަތުތައް ދިވެހި ވިޔަފާރިތަކަށް ފަހިވެގެންދާނެއެވެ.

މި ފެސްޓިވަލަކީ މެދުއިރުމައްޗާއި އެ ސަރަހައްދުގެ ގައުމުތަކުގެ ސްޓާޓްއަޕްތަކާއި، އީޖާދީ މަސައްކަތްތަކާއި، އަދި އެކި ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް ބާއްވާ އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތެވެ. މި ހަރަކާތުގައި އިންވެސްޓަރުންނާއި، ސިޔާސަތު އެކުލަވާލާ ފަރާތްތަކުގެ އިތުރުން ވިޔަފާރީގެ ދާއިރާ ކުރިއަރުވާ ފަރާތްތަކުން ބައިވެރިވެއެވެ.

ބީ.ސީ.ސީ އިން މި ފެސްޓިވަލްގައި ބައިވެރިވެފައިވަނީ ދިވެހި ވިޔަފާރިތައް ކުރިއެރުވުމަށާއި، ޕްރައިވެޓް ސެކްޓަރުގެ ވާދަވެރިކަން އިތުރުކުރުމަށް އެ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތުގެ ދަަށުންކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ޝާރުޖާ އެންޓްރަޕްރިނިއަރޝިޕް ފެސްޓިވަލަކީ އެތައް ހާސް ބައިވެރިންނާއި އެތައް ސަތޭކަ ސްޓާޓްއަޕްތަކެއް ބައިވެރިވާނެ ހަރަކާތަކަށް ވާތީ، މިއީ ދިވެހި ކުންފުނިތަކަށް ސަރަހައްދީ ފެންވަރުގައި ކުރިއަށް ދިއުމަށް ލިބޭ ފަހި ފުރުސަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމް.އެސް.އެމް.އީ އެވޯޑްސް ނޮމިނޭޝަންތައް އިއުލާންކޮށްފި

އެމްއެސްއެމްއީ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

66

މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑް 2025 އަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޒުވާނުންގެ ދުވަހާ ގުޅުވައިގެން ޒުވާން ވިޔަފާރިވެރިންނަށް “ވުނާރި ބިޒްނަސް ކޭމްޕް” ބާއްވައިފި

TTH_advertisement