ކުއްލި ޚަބަރު

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އެކި ފިހާރަތަކަށް ސައްހަނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

ރާއްޖޭގެ އިގްތިސާދަށް %8.6 ގެ ކުރިއެރުމެއް، ރިޒާވް އެއް ބިލިއަން ޑޮލަރާ ގާތަށް

mma

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ އިގްތިސާދަށް 8.6 އިންސައްތައިގެ ކުރިއެރުމެއް ލިބި، ދައުލަތުގެ ރަސްމީ ރިޒާވް އެއް ބިލިއަން ޑޮލަރާ ގާތްކޮށްފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މަރުކަޒީ ބޭންކުން އާންމުކޮށްފައިވާ އިކޮނޮމިކް އަޕްޑޭޓް ދައްކާ ގޮތުން، 2024 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ރާއްޖޭގެ އުފެއްދުންތެރިކަން ވަނީ 8.6 އިންސައްތަ އިތުރުވެފައެވެ. މި ކުރިއެރުމާއެކު ދައުލަތުގެ މާލީ ހާލަތަށްވެސް ހެޔޮ ބަދަލުތަކެއް އައިސް، ރަސްމީ ރިޒާވް ވަނީ 983 މިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ. މިއީ 2024 ވަނަ އަހަރު ނިމުނުއިރު ރިޒާވްގައި ހުރި 673.9 މިލިއަން ޑޮލަރާ އަޅާބަލާއިރު 46 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.

އިގްތިސާދީ ދުވެލި ހަލުވިވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އެމްއެމްއޭއިން ފާހަގަކޮށްފައިވަނީ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތަށް އައިސްފައިވާ ކުރިއެރުމެވެ. އެގޮތުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 8 އިންސައްތަ އިތުރުވެފައިވާއިރު، މަސް ކިރުުވި މިންވަރު ވަނީ 21 އިންސައްތަ އިތުރުވެފައެވެ.

މީގެއިތުރުން، އިގްތިސާދީ ހަރަކާތްތައް އިތުރުވުމާ ގުޅިގެން ރާއްޖެއަށް މުދާ އެތެރެކުރި މިންވަރުވެސް ވަނީ އިތުރުވެފައެވެ. ޚާއްސަކޮށް ޑީސަލް އެތެރެކުރި މިންވަރު އިތުރުވުމުގެ ސަބަބުން ތެލުގެ ބާވަތްތަކަށް ކުރި ހޭދަ 15 އިންސައްތަ އިތުރުވިއިރު، ކާބޯތަކެތި އެތެރެކުރި މިންވަރުވެސް ވަނީ 10 އިންސައްތަ މައްޗަށް ޖެހިލާފައެވެ.

މުދާ އެތެރެކުރާ މިންވަރު އިތުރުވި ނަމަވެސް، ބާޒާރުގެ އާންމު އަގުތައް ނުވަތަ އިންފްލޭޝަން ރޭޓް ހުރީ 1.3 އިންސައްތައިގައެވެ. ވަކިވަކި ޚިދުމަތްތަކަށް ބަލާއިރު މާލީ ޚިދުމަތްތަކުގެ އަގު 11.1 އިންސައްތަ އަދި ކެފޭ ރެސްޓޯރެންޓްތަކުގެ އަގުތައް 4.7 އިންސައްތަ އުފުުނުކަން ފާހަގަކުރެވެއެވެ. ނަމަވެސް މުއާސަލާތީ ޚިދުމަތްތަކުގެ އަގުތައް ވަނީ 8.6 އިންސައްތަ ދަށަށް ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

tourist arrival

މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދެ ލައްކަ

Amaan

މައްސަލަ ސާބިތުވުމުން އެފްއައިޔޫގެ ވެރިޔާގެ މަގާމުން ސާޖިދު ވަކިކޮށްފި

WhatsApp Image 2026 01 29 at 17.04.23 (1)

ޑިވެލޮޕްމަންޓް ބޭންކަށް ވިޔަފާރި ފެށުމުގެ ހުއްދަ ދީފި

finance

ކުރީ ސަރުކާރުތަކުން ނަގާފައިވާ ދަރަނިތައް އަދާކުރުމަށް ފާއިތުވި އަހަރު 9.8 ބިލިއަން ރުފިޔާާ ހަރަދުކުރި

TTH_advertisement