ކުއްލި ޚަބަރު

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އެކި ފިހާރަތަކަށް ސައްހަނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި

ބީއެމްއެލް ކްރެޑިޓް ކާޑުން ޑޮލަރު ލިބޭ މިންވަރު މިއަދުން ފެށިގެން އިތުރުވަނީ

bml card

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓް ކާޑުތަކުން ޑޮލަރު ބޭނުންކުރެވޭ ލިމިޓުތައް މާދަމާ، ފެބްރުއަރީ 1 ވަނަ ދުވަހުން ފެށިގެން ބޮޑުވެގެންދާނެއެވެ. މިއީ ރައްޔިތުންނަށް ޑޮލަރު ލިބުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ގެނެވޭ މުހިންމު ބަދަލެކެވެ.

މި ބަދަލާއެކު ކާޑުތަކުގެ ލިމިޓަށް އަންނަ ކުރިއެރުންތަކަށް ބަލާއިރު، ކުރިން 750 ޑޮލަރުގެ ލިމިޓެއް އޮތް ‘ކްލެސިކް’ ކާޑުތަކުގެ ލިމިޓު 1400 ޑޮލަރަށް އަދި ‘ގޯލްޑް’ ކާޑުތަކުގެ ލިމިޓު 1500 ޑޮލަރަށް އިތުރުވެގެންދާނެއެވެ. މީގެ އިތުރުން ‘ޕްލެޓިނަމް’ ކާޑުތަކުން މީގެ ކުރިން 1500 ޑޮލަރު ބޭނުންކުރެވެމުން ދިޔަ ނަމަވެސް، މާދަމާއިން ފެށިގެން އެ އަދަދު 2000 ޑޮލަރަށް ބޮޑުވެގެންދާނެ ކަމަށް ބޭންކުން ވަނީ ހާމަކޮށްފައެވެ.

މި ބަދަލު ގެނައުމަށް ހަމަޖެހިފައިވާކަން ރައީސުލްޖުމްހޫރިއްޔާ އެންމެ ފުރަތަމަ ހާމަކުރެއްވީ ނިމިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކްރެޑިޓް ކާޑުތަކުގެ ލިމިޓު ބޮޑުކުރެވިގެންދާނެ ކަމަށާއި، މިއީ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށެވެ. މިކަމުގެ ތަފްސީލުތައް ބީއެމްއެލްއިން ވަނީ މިދިޔަ ހަފްތާގައި ރަސްމީކޮށް އާންމުކޮށްފައެވެ.

ކްރެޑިޓް ކާޑުގެ އިތުރުން، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ބީއެމްއެލްއިން ވަނީ ޑެބިޓް ކާޑުގެ ލިމިޓުތަކަށްވެސް ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ޑެބިޓް ކާޑު ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ ޕީއޯއެސް މެދުވެރިކޮށް 1000 ޑޮލަރުގެ ވިޔަފާރި ކުރެވޭގޮތް ހަމަޖައްސާފައިވާއިރު، ޓިކެޓް ގަތުމާއި ހޮޓެލް ބުކިންގ ހެދުމަށް 3000 ޑޮލަރުގެ ލިމިޓެއް ވަނީ ކަނޑައަޅާފައެވެ. އަދި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ފަރާތްތަކަށް، ބޭންކުގައި އެދުމުން ކާޑު މެދުވެރިކޮށް ފައިސާ ދެއްކޭނެ ޚާއްޞަ އިންތިޒާމުތަކެއްވެސް ބޭންކުން ވަނީ ހަމަޖައްސައިދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބީއެމްއެލްގެ “އެފޯޑަބަލް” 3،000 ފްލެޓް 2028 ވަނަ އަހަރުގެ މެދުތެރޭގައި ހަވާލުކުރަން ފަށާނެ: ޝަރީފު

WhatsApp Image 2026 01 31 at 13.54.42

ބޭންކް އޮފް މޯލްޑިވްސް އިން ކުޑަހުވަދޫގައި އާ ބްރާންޗެއް ހުޅުވައިފި

87

ބޭންކް އޮފް މޯލްޑިވްސް އިން ސްވައިޕްގެ ލިމިޓެޑް ރިލީޒްއަށް ރެޖިސްޓްރޭޝަން ހުޅުވާލައިފި

66

ބީއެމްއެލް އިން ތިލަފުށީގައި އޭޓީއެމްގެ ހިދުމަތް ފަށައިފި

TTH_advertisement