ކުއްލި ޚަބަރު

ހިޔާ ޓަވަރެއްގައި ރޯވެގެން އިމާރާތުން މީހުން ނެރެފި

ބީއެމްއެލް އިން ތިލަފުށީގައި އޭޓީއެމްގެ ހިދުމަތް ފަށައިފި

ދެކުނުގެ ހަތަރު އަތޮޅު ވައިގެ ދަތުރުފަތުރުން ގުޅާލައިފި

އޯޕަން އެންޑް ވިމެން ޗެސް ޗެމްޕިއަންޝިޕުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

chess association

މޯލްޑިވްސް ޗެސް އެސޯސިއޭޝަނުން އިންތިޒާމުކުރާ ނެޝަނަލް އޯޕަން ޗެސް ޗެމްޕިއަންޝިޕުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މީގެ ކުރިން ހުޅުވާލަފަވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ 23:59 އާއި ހަމައަށެވެ. އެހެންނަމަވެސް މިހާރު މި މުއްދަތުވަނީ ފެބްރުވަރީމަހުގެ 5 ވަނަ ދުވަހުގެ ރޭ 23:59 ހަމައަށް އިތުރުކޮށްފައެވެ. މިމުބާރާތުގެ ކުޅުން ފެށުމަށް ތާވަލުކޮށްފަވަނީ އަންނަމަހުގެ 10 ވަނަ ދުވަހުއެވެ.

މިމުބާރާތަކީ ރާޒުވާ އެސޯސިއޭޝަނުން މިދިޔަ އަހަރަށް ތާވަލުކުރި މުބާރާތެއް ނަމަވެސް، ދިމާވި ބައެއް ގޮންޖެހުންތަކާއިއެކު މުބާރާތްވަނީ މިއަހަރުގެ ރާޒުވާ ކަލަންޑަރަށް އިތުރުކޮށްފައެވެ. އަދި މިމުބާރާތް މިއަހަރުގެ ފެބްރުވަރީމަހަށް ތާވަުކޮށްފަވަނީ ސެޕްޓެމްބަރުމަހު އޮންނަ ވޯލްޑް ޗެސް އޮލިމްޕިއާޑަށް މިމުބާރާތުން މޮޅެތި ކުޅުންތެރިން ހޮވުމަށްފަހު، އެކުޅުންތެރިންނަށް ދުރާލާ ތައްޔާރުވުމަށް ވަގުތު ދިނުމުގެ ގޮތުންކަމަށް ރާޒުވާ އެސޯސިއޭޝަނުން މީގެކުރިން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދީފަވެއެވެ.

މިމުބާރާތުގެ އޯޕަން ކެޓަގަރީގައި އަންހެން ކުޅުންތެރިންނަށްވެސް ބައިވެރުވެވޭގޮތަށް ގަވާއިދަށް ބަދަލުގެނެސްފަވާއިރު، ވިމެންސް ކެޓަގަރީގައި ބައިވެރިވެފައިވާ ކުޅުންތެރިން އޯޕަން ކެޓަގަރީގައި ކުޅެން ބޭނުންވާނަމަ އެފުރުސަތުވެސް މިހާރުވަނީ ހުޅުވާލާފައެވެ.

ނެޝަނަލް އޯޕަންސް އެންޑް ވިމެންސް ޗެސް ޗެންޕިއަންޝިޕުގައި ވާދަކޮށް މިމުބާރާތުން އެންމެ މޮޅު ނަތީޖާ ހޯދާ ފަސް ކުޅުންތެރިންނަށް ރާޒުވާގެ އެންމެ ޝަރަފުވެރި މުބާރާތްކަމަށްވާ ވޯލްޑް ޗެސް އޮލިމްޕިއާޑްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއަހަރުގެ ވޯލްޑް ޗެސް އޮލިމްޕިއާޑް ކުރިއަށްދާނީ ސެޕްޓެމްބަރުމަހުގެ 15 އިން 28 އަށް އުޒްބަކިސްތާނުގެ ސަމަކަންޑުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު
TTH_advertisement