ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުން އަބްދުލްމަޖީދު އިބްރާހީމް ވަކިކުރައްވައިފިއެވެ.
ހޯމް މިނިސްޓްރީން ވަނީ މިކަށް ކަށަވަރުކޮށްދީފައެވެ. ނަމަވެސް އޭނާ މަގާމުން ވަކިކުރި ސަބަބެއް ނުބުނެއެވެ.
އޭނާ މަގާމުން ވަކިކުރީ ގާނޫނޫއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.
އޭނާ ހުންނެވީ ހޯމް މިނިސްޓްރީގެ ދަށުގައި އޮންނަ ބިދޭސީންގެ ކަންކަން ބަލަހައްޓާ، ފޮރިން ލޭބާ ޑިޕާޓްމަންޓްގެ އިސްވެރިޔާ ގެ މަގާމުގައެވެ.
މަޖީދު ވަނީ މީގެކުރިން އެމްއެންޑީއެފްގައި ވެސް ޚިދުމަތް ކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު