ކުއްލި ޚަބަރު

ތިލަފުށިން ގެއްލިގެން ހޯދަމުންދިއަ މީހާ ނިޔާވެފައި އޮއްވައި ފެނިއްޖެ

މާލެ ސަރަހައްދުން 15،000 އަށްވުރެ ގިނަ މަސް ދަޅު ކޭސް ބަހައިފި

އޭއީއެޗްގެ ކެތު ލެބުން ހިދުމަތް ދޭން ފަށައިފި، ދެ ދުވަސްތެރޭ 7 މީހަކަށް ފަރުވާދިން

ޙާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދަފްތަރުގައި މިހާރު 15،059 މީހުން

nspa
nspa

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ގައުމީ ދަފްތަރުގައި މި ދިޔަ އަހަރުގެ ނިޔަލަށް 15،059 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާފައިވާ ގޮތުގައި، މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،059 މީހުން ރަޖިސްޓްރީވެފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހާ އަޅާބަލާއިރު، 269 މީހުންގެ އިތުރުވުމެކެވެ. އެގޮތުން، މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14,790 މީހުން ވަނީ ރަޖިސްޓްރީވެފައެވެ.

މި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ، 6،323 އަންހެނުންނާއި 8،736 ފިރިހެނުންނެވެ. އޭގެތެރޭގައި، 18 އަހަރުން ދަށުގެ 5،099 ކުދިންނާއި 18 އަހަރާއި 64 އަހަރާ ދެމެދުގެ 7،653 މީހުން އަދި 65 އަހަރުން މަތީގެ 2،307 މީހުން ހިމެނެއެވެ.

މި ދަފްތަރުގައި ހިމެނޭ 8 ގިންތީގެ ތެރެއިން އެންމެ ގިނައީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުރެގެން ރަޖިސްޓްރީކޮށްފައިވާ މީހުންނެވެ. ތަފާސްހިސާބު ދައްކާފައިވާ ގޮތުގައި އެންމެ ގިނައީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ
މީހުންނެވެ.މި ބައިން އެކަނިވެސް ޖުމްލަ 4223 މީހުން ރަޖިސްޓްރީވެފައިވެއެވެ. އަދި މަލްޓިޕަލް ޑިސްއެބިލިޓީ ހުންނަ 3،396 މީހުންނާއި، ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ 1،871 މީހުންނާއި ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ 2،116 މީހުން މި ދަފްތަރުގައި ހިމެނެއެވެ. މީގެއިތުރުން، އަޑުއިވުމާއި ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ 1،791 މީހުންނާއި، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ 1،018 މީހުންވެސް ދަފްތަރުގައި ހިމެނިފައިވާއިރު މި ދަފްތަރުގައި އޯޓިޒަމް ސްޕެކްޓްރަމްޑިސްއޯޑަރ ހުންނަ 588 މީހުންނާއި، އުގެނުމުގެ ނުކުޅެދުންތެރިކަން ހުންނަ 56 މީހުންވެސް ރަޖިސްޓްރީވެފައިވެއެވެ.

މި ދަފްތަރުގައި ހިމެނޭ މައުލޫމާތުގެ އަލީގައި އެ ފަރާތްތަކުގެ ދިރިއުޅުމަށް އަންނަ ބަދަލުތަކާއި، ބޭނުންވާ އެހީތެރިކަން އެނގޭނެހެން ޑޭޓާބޭސްއެއް އެކުލަވާލުމުގެ މަސައްކަތްވެސް ސަރުކާރުން ގެންދަނީ ކުރަމުންނެވެ.

2011 ވަނަ އަހަރުން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން އެލަވަންސެއް ދެމުން އަންނަ އިރު، 2023 ވަނަ އަހަރު ވަނީ މި އެލަވަންސް 3،000 ރުފިޔާއަށް ބޮޑުކޮށްފައެވެ

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

nspa

އައިވީއެފް އެހީއަށް ޝަރުތު ހަމަވި 39 މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފި

nspa

އެންސްޕާއިން މިދިޔަމަހު 18.9 މިލިޔަން ރުފިޔާ ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކަށް

Image

އިޖުތިމާއީ އެހީއަށް އެދުމަށް ޚާއްސަ ހެލްޕް ޑެސްކެއް ގާއިމްކޮށްފި

އައިނު ފިހާރަތަކުން އާސަންދައިގެ ދަށުން އައިނު ހެދޭގޮތަށް ހަމަޖައްސައިފި

TTH_advertisement