ކުއްލި ޚަބަރު

ޕާކިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަށުކަށި އިބާރާތުން ކުށްވެރިކޮށްފި

ނިއުމޯނިއާ ޖެހިގެން ގައިދީއަކު މަރުވެއްޖެ

ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ 3 ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު

އިސްރާއާއި މިޢުރާޖުގެ ޙާދިސާއިން އެނގެނީ ކޮންމެ އުނދަގޫކަމަކާ އެކު ފަސޭހަކަމެއް ވާނޭކަން: ޚުޠުބާ

hukuru khuthuba

އިސްރާއާއި މިޢުރާޖުގެ ޙާދިސާއިން އެނގެނީ ކޮންމެ އުނދަގޫކަމަކާ އެކު ފަސޭހަކަމެއް ވާނޭކަން ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުޠުބާގެ މައުޟޫޢު އަކީ “އިސްރާއާއި މިޢުރާޖުގެ ޢިބުރަތްތައް” އެވެ.

މާތްالله އަހަރެމެންގެ ލޮބުވެތި ރަސޫލާ އަށް ގިނަގުނަ ނިޢުމަތްތަކަކާއި މުޢުޖިޒާތް ދެއްވިއެވެ. އެކަލޭގެފާނަށް ދެއްވި މުޢުޖިޒާތްތަކުގެ ތެރޭގައި އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅު ހިމެނެއެވެ. މި ދަތުރުފުޅަކީ ބޮޑުވެގެންވާ މުޢުޖިޒާތެކެވެ. އެއީ އެ ކަމުގައި ޢިބުރަތްތަކާއި އިމްތިޙާނުކުރެއްވުންތައް ހިމެނޭ މަތިވެރި ޙާދިސާއެކެވެ. މި ދުވަސްވަރަކީ މި މަތިވެރި ޙާދިސާގެ ހަނދާންތައް އަހަރެމެންގެ ހިތްމައްޗަށް އައިސްފައިވާ ދުވަސްވަރެވެ. ޚުޠުބާގައި ވިދާޅުވީ މި ޒިކުރާއަކީ ކީރިތި ރަސޫލާގެ ވަސްމީރު ސީރަތު އުނގެނި ދިރާސާކޮށް، އީމާންކަމާއި އަޚުވަންތަކަން ވަރުގަދަކޮށް ހަރުދަނާކުރާން ޢަޒުމުކަނޑައަޅާންވީ ވަގުތު ކަމަށެވެ. މި ޙާދިސާއަކީ މާތްالله ކީރިތި ރަސޫލާއަށް ދެއްވެވި މުޢުޖިޒާތެކެވެ. މުސްލިމުންނަށް ކުރިމަތިކުރެއްވި ބޮޑު އިމްތިޙާނެއް ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

އިސްރާއާއި މިޢުރާޖުގެ ޙާދިސާއިން އެނގެނީ ކޮންމެ އުނދަގޫކަމަކާ އެކު ފަސޭހަކަމެއް ވާނޭކަމެވެ. މާތްالله ޙަޟުރަތުން ވާތްގާއި މަދަދު ހޯދާ މީހާ ނާއުންމީދުވާން ނުޖެހޭނޭކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

“ކީރިތި ރަސޫލާގެ އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅަކީ އެކަލޭގެފާނު އިސްލާމީ ދަޢުވަތު ދެއްވުމުގައި އުފުއްލަވަމުން ގެންދެވި ބުރަތަކަށާއި އެ ކަމަށް ޓަކައި ތަޙައްމަލުކުރެއްވި ދަތިތަކަށާއި، ކެތްތެރިވެވަޑައިގަތް ކެތްތެރިވެވަޑައިގަތުމަށް މާތްالله ދެއްވެވި މަތިވެރި އިނާމެއް.” ޚުތުބާގައި ވިދާޅުވިއެވެ.

އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުން ލިބިގަންނާން ޖެހޭ ޢިބުރަތްތަކުގެ ތެރޭގައި، ހިތުގެ ޠާހިރުކަމާއި، ސަލާމަތްތެރިކަމާއި، އީމާންކަމުން ފުރިގެންވުމުގެ މުހިންމުކަން ހިމެނޭ. އަދި އެއްވެސް ކަމަކާ ކުރިމަތިލާން ވާނީ ސަލާމަތް ހިތަކާއި ފުރިހަމަ އީމާންކަމާ އެކުގައިކަމަށް ހުޠުބާގައި ވިދާޅުވިއެވެ.

އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުން ނަބިއްޔާގެ މާތްކަމާއި ނަބީބޭކަލުންގެ އަރިހުގައި އެކަލޭގެފާނުގެ މަޤާމުގެ މަތިވެރިކަން ހާމަވި. އެކަލޭގެފާނު ހުރިހައި ނަބީބޭކަލުންގެ އިމާމަކަށްވެވަޑައިގެން، ބައިތުލްމަޤްދިސުގައި ނަމާދުފުޅުކުރެއްވުމުންނެވެ.

“އިސްރާއަކީ މި ބިންމަތީގައި ހިނގި ހާދިސާއެއް. ރޭގަނޑުން ބައެއްގައި މާތްالله މާތްކުރައްވައިފައިވާ މައްކާގެ އަލްމަސްޖިދުލްޙަރާމުން އަލްމަސްޖިދުލްއަޤްޞާއަށް ކުރެއްވި ދަތުރުފުޅު. މިޢުރާޖުގެ ދަތުރުފުޅަކީ ބައިތުލް މަޤްދިސުން ފެށިގެން މަތިވެރިވެގެންވާ އުޑުތަކަށް އަދި އެއަށް ފަހު ސިދުރަތުލްމުންތަހާއަށް ކުރެއްވި ދަތުރުފުޅު.” ޚުޠުބާގައި ވިދާޅުވިއެވެ.

ކީރިތި ރަސޫލާއަށާއި އުންމަތަށް މިޢުރާޖުގެ ދަތުރުފުޅުގައި މާތްالله ދެއްވެވި އެންމެ ބޮޑު ނިޢުމަތަކީ ފަރުޟު ފަސް ނަމާދު. އެއީ އެއްވެސް މެދުވެރިއަކާ ނުލައި، ރަސޫލާގެ މައްޗަށާއި އެކަލޭގެފާނުގެ އުންމަތުގެ މައްޗަށް ފަރުޟުކުރެއްވި އަޅުކަމެއް. މިހެންވެ، ނަމާދަކީ މުސްލިމުންގެ މިޢުރާޖުކަމަށް ޢިލްމުވެރީން ވިދާޅުވެއެވެ.

ޚުޠުބާގައި ވިދާޅުވީ އިސްރާއާއި މިޢުރާޖުން ކަށަވަރުވާ އަނެއް ކަމަކީ، އިންސާނާ ކުރާ ކޮންމެ ހެޔޮ ކަމަކަށް މާތްالله މަތިވެރި ސަވާބާއި ދަރުމަ ދެއްވާނޭކަން. އޭނާގެ ދޫ ރައްކާތެރިކޮށް، اللهގެ މަތީން ހަނދުމަކުރުމުގައި ދެމިހުންނަ މީހާއަށް ގިނަގުނަ ސަވާބު ދެއްވާނޭކަމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hukuru khuthuba

ކުދީންގެ ހިތްތަކުގައި އީމާންކަމާއި މަތިވެރި އަޚުލާޤުގެ ބިންގާ އަޅައިދޭށެވެ: ޚުޠުބާ

hukuru khuthuba

ހެޔޮލަފާ ދަރިން ދެއްވުން އެދި ދުޢާ ކުރުމުގެ މުހިންމު: ޚުތުބާ

hukuru khuthuba

މަކަރުވެރި شيطانއާ، ތިޔަބައިމީހުން اللهއާ މެދު ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ: ޚުޠުބާ

hukuru khuthuba

ޢިލްމީ ތަފާތު ރޮނގުތަކުގައި މުސްލިމުން ކުރިއަރާ ދިޔައީ ހަލުއިކަމާއެކު: ޚުޠުބާ

TTH_advertisement