ކުއްލި ޚަބަރު

ކުއްލި: ހުރިހާ މުއާމަލާތެއް މެދުކަނޑާލައިފި، އެމެރިކާއިން އީރާނަށް ހަމަލާދޭން އުޅޭކަމުގެ ރިޕޯޓްތައް ފެތުރެނީ

ވާދޫ ފަރަށް ކޮޅުވެއްޓިއެއް އަރައި ގެއްލުންތަކެއް ވެއްޖެ

ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް އަމިއްލައަށް ވޯޓުލާން ރަޖިސްޓްރީވާން ހުޅުވާލައިފި

ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް ފ. އަތޮޅު ތައުލީމީ މަރުކަޒަށް ލިބިއްޖެ

ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް ފ. އަތޮޅު ތަޢުލީމީ މަރުކަޒުން މިއަދު ހާސިލުކޮށްފިއެވެ.

މި އެވޯޑަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ބާނީ ޒައިދު ބިން ސުލްތާން އަލް ނަޙްޔާންގެ ހަނދާނުގައި ދެމުން އަންނަ އެވޯޑެކެވެ.

ފ. އަތޮޅު ތަޢުލީމީ މަރުކަޒުން މި އެވޯޑް ހާސިލްކޮށްފައިވަނީ ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒްގެ ގްލޯބަލް ހައި ސްކޫލްސް، ސައުތު އޭޝިއާ ކެޓަގަރީން، ދެކުނު އޭޝިއާ ސަރަހައްދުގެ 18 ސުކޫލަކާ ވާދަކޮށެވެ.

އަބޫދާބީގައި ކުރިއަށްގެންދާ އަބޫދާބީ ސަސްޓެއިނަބަލް ވީކް ހުޅުވުމަށް މިއަދު ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި މި އެވޯޑާއި ސްކޫލްގެ ފަރާތުން ހަވާލުވެލެއްވީ ޕްރިންސިޕަލް އަބްދުﷲ އަހްމަދެވެ.

މި އެވޯޑަށް ފ. އަތޮޅު ތަޢުލީމީ މަރުކަޒުން ހުށަހެޅީ އިއާދަކުރަނިވި ހަކަތައާއި، ފެން ރައްކާކުރުމާއި، ދެމެހެއްޓެނިވި ދަނޑުވެރިކަން އެއްކޮށްލައިގެން ތައްޔާރުކޮށްފައިވާ މޮޑެލްއެކެވެ. މި މޮޑެލްގެ ދަށުން އަވިންނާއި ވައިން ހަކަތަ އުފެއްދުމާއި، ވާރޭފެން ނަގައި ރައްކާކުރުމުގެ އިތުރުން، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުން ހިމެނެއެވެ.

މިއީ އެ ސުކޫލުން މި އެވޯޑަށް އެދި ހުށަހެޅި ދެ ވަނަ ފަހަރެވެ.

މީގެ ކުރިން 2015 ވަނަ އަހަރު އައްޑޫ އިންޓަނޭޝަނަލް ހައި ސުކޫލަށް ވަނީ މި އެވޯޑު ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު
TTH_advertisement