ރާއްޖޭގެ އެންމެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރ މުޙައްމަދު ނަޢީމް ޙުސެއިން، އުމުރުފުޅުން 74 އަހަރުގައި އަވަހާރަވެއްޖެއެވެ. ނަޢީމަކީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށްޓަކައި އެންމެ ފުރަތަމަ ތަމްރީންކޮށް، ޚިދުމަތަށް ނުކުންނެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ނަޢީމް އަވަހާރަވުމާ ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ އޭނާގެ ވަކިވެދިޔުމަކީ ރާއްޖޭގެ އޭވިއޭޝަން ސިނާޢަތަށް ލިބުނު ފޫނުބެއްދޭނެ ގެއްލުމެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި އޭނާގެ ޚިދުމަތްތަކުގެ ހަނދާން އެ ސިނާޢަތުން އަބަދުވެސް ޝުކުރުވެރިކަމާއެކު ކުރާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ސަރުކާރަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ނަޢީމަކީ ރާއްޖޭގެ އޭވިއޭޝަން ދާއިރާ ކުރިއެރުވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.
ކިޔުންތެރިންގެ ހިޔާލު