ކުއްލި ޚަބަރު

ކުއްލި: ހުރިހާ މުއާމަލާތެއް މެދުކަނޑާލައިފި، އެމެރިކާއިން އީރާނަށް ހަމަލާދޭން އުޅޭކަމުގެ ރިޕޯޓްތައް ފެތުރެނީ

ވާދޫ ފަރަށް ކޮޅުވެއްޓިއެއް އަރައި ގެއްލުންތަކެއް ވެއްޖެ

ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް އަމިއްލައަށް ވޯޓުލާން ރަޖިސްޓްރީވާން ހުޅުވާލައިފި

ދިވެހި ފިލްމުތަކެއް ބެލުމުގެ ފުރުޞަތު، މުޅިން ހިލޭ

ކުރިއަށް އޮތް ހަފްތާ ބަންދުގައި، ޔޫތު ހަބުގައި އެންމެ ފަހުގެ ދިވެހި ފިލްމުތައް އެޅުވުމަށް ހަމަޖެހިފައިވާ ކަމަށް ޒުވާނުން ބާރުވެރި ކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މި ފިލްމުތައް އެޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15، 16 އަދި 17 ވަނަ ދުވަހުއެވެ.

ޒުވާނުން ބާރުވެރި ކުރުވުމާއި، މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ވިދާޅުވީ، މިމަހުގެ 15 ވާ ބުރާސްފަތި ދުވަހުގެ ރޭ ޔޫތު ހަބުގައި “އަލިފާން” ފިލްމު އެޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި 16ވާ ހުކުރު ދުވަހުގެ ރޭ “އަލްވަދާޢު” އެޅުވުމަށް ހަމަޖެހިފައިވާއިރު، 17 ވާ ހޮނިހިރު ދުވަހުގެ ރޭ “ފުރޭތަ” އެޅުވުމަށް ހަމަޖެހިފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މި ތިން ފިލްމަކީވެސް 18 އަހަރުން މަތީގެ މީހުންނަށް ޚާއްޞަ ފިލްމުތަކެކެވެ. ޔޫތު ހަބުން މި ފިލްމުތައް ހިލޭ ބެލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

މުލީއާގެ ގަރާޖުގެ ގޮތުގައި ބޭނުން ކުރަމުން އައި އިމާރާތާއި، ގޯތި ތަރައްޤީކޮށް ޔޫތު ހަބެއްގެ ގޮތުގައި ހުޅުވީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

އެތަން ފަރުމާ ކުރައްވާފައިވަނީ ކަންކަން އުނގެނުމަށާއި، އެކި ކަހަލަ ހުނަރުތައް ދަސްކޮށްދިނުމަށާއި، އެކަކު އަނެކަކާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމަށް މަގުފަހިވާ ގޮތަށް، ޒުވާނުންނަށާއި ތިމާވެއްޓަށް ރައްޓެހި ތަނެއްގެ ގޮތުގައެވެ.

ޔޫތު ހަބުގައި އެކިކަހަލަ ބޫޓު ކޭމްޕުތަކާއި، ސްކިލް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ވަރޗުއަލް ރިއަލިޓީ ޓްރެއިނިންތަކާއި، އެކިކަހަލަ މަސައްކަތު ބައްދަލުވުންތަކާއި އަދި ކަލިނަރީ އިވެންޓްތައް ފަދަ ޒުވާނުންނާ ގުޅޭ ހަރަކާތްތައް ދަނީ ބާއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު
TTH_advertisement