އެމްއެންޔޫއިން ބެޗެލާ އޮފް ސްޓެޓިސްޓިކްސް ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއީ ހަ ސެމިސްޓާ އެކުލެވޭ ތިން އަހަރަށް ދިގުދެމިގެންދާ ކޯހެކެވެ. މިހާރު ހުޅުވާލައިފާވަނީ ފެބްރުއަރީ އިންޓޭކަށް އެޕްލައި ކުރުމުގެ ފުރުސަތެވެ.
އެމްއެންޔޫން ބުނި ގޮތުގައި، މީގެ އިތުރުން މި ކޯހުގެ ޒަރީއާއިން ދަރިވަރުންނަށް ޓްރެންޑްތައް ތުހުލީލުކުރުމާއި ކުރިއަށް އޮތް ކަންކަން ލަފާކުރުމުގެ ހުނަރު ދަސްވާނެއެވެ.އަދި މިއީ ހަގީގީ ދިރިއުޅުމަށް އަސަރުކުރާ ވިސްނުންތެރި އަދި މައުލޫމާތުގެ މައްޗަށް ބިނާކުރެވޭ ނިންމުންތަކުގެ ފަހަތުގައިވާން ބޭނުންވާ ދަރިވަރުންނަށް ހާއްސަ ޑިގްރީއެއް ކަމަށް ވެސް އެމްއެންޔޫން ބުންޏެވެ.
އަދި މި ޕްރޮގްރާމުގައި ބައިވެރުވުމުން ބައިނަލްއަގްވާމީ ފެންވަރުގެ ހުނަރުތައް ދަސްކުރުމާއެކު ދިވެހި، މާހައުލާ ގުޅޭގޮތުން ކިޔެވުމުގެ ފައިދާ ލިބޭނެކަމަށް އެ ޔުނިވާސިޓީއިން ބުނެއެވެ.
ހަމައެހެންމެ މި ކޯހުގައި ބައިވެރިވާ ދަރިވަރުންނަށް ސްޓެޓިސްޓިކްސްއާއި މެނޭޖުމަންޓްގެ ދާއިރާއިން ވަރުގަދަ ބިންގަލެއް އަޅައިދެވޭނެ ކަމަށް އެންއެންޔޫއިން ބުންޏެވެ. އެގޮތުން މިހާރު ސަރުކާރުގެ ސިޔާސަތުތަކާއި ވިޔަފާރި އުކުޅުތަކާއި ސިއްހީ ހިދުމަތްތައް ރާވައި، ގައުމީ ތަރައްގީއާއި މިނޫން ވެސް ދާއިރާތަކުގައި ސްޓެޓިކްސްގެ ދައުރު ވަރަށް ބޮޑުކަން ވެސް އެމްއެންޔޫން ފާހަގަކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު