ދިރާގުން ކުރިއަށްގެންދާ ‘އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓްސް’ ޕްރޮމޯޝަންގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފުރަތަމަ ސްޕީޑްބޯޓު ލިބޭ ނަސީބުވެރިޔާ ހޮވުން، މި މަހުގެ 16 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. މި ހަފްލާގައި ގުރުއަތުން ހޮވޭ ފަރާތަށް ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނަކާ އެކު، އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ފުރިހަމަ ސްޕޯޓްސް ސްޕީޑްބޯޓެއް ލިބިގެންދާނެއެވެ.
ފުރަތަމަ ލޯންޗު ހޯދުމުގެ މުއްދަތު ހަމަވެފައިވީ ނަމަވެސް، މި ޕްރޮމޯޝަންގެ ދެވަނަ ސްޕީޑްބޯޓު ކާމިޔާބު ކުރުމުގެ ފުރުސަތު 31 މާރިޗު 2026 ގެ ނިޔަލަށް ކަސްޓަމަރުންނަށް ވަނީ ހުޅުވާލެވިފައެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ޝަރުތު ހަމަވަނީ ދިރާގު ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ޕްލޭންތަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ހޭދަކުރާ ފަރާތްތަކާއި، ފައިބަރ ބްރޯޑްބޭންޑް 40އެމް އިން މަތީގެ ޕެކޭޖުތައް ބޭނުންކުރާ ކަސްޓަމަރުންނަށެވެ. އަދި ދިރާގުޕޭއަށް ރަޖިސްޓްރީ ކުރުމުން އިނާމު ހޯދުމުގެ ފުރުސަތު އިތުރުވެގެންދާއިރު، ދިރާގުގެ ޚާއްސަ ޕޯޓަލް މެދުވެރިކޮށް ކަސްޓަމަރުންނަށް މިހާރުވެސް މި ޕްރޮމޯޝަންގައި އެންރޯލް ކުރެވޭނެއެވެ.
ކިޔުންތެރިންގެ ހިޔާލު