ކުއްލި ޚަބަރު

ކުއްލި: ހުރިހާ މުއާމަލާތެއް މެދުކަނޑާލައިފި، އެމެރިކާއިން އީރާނަށް ހަމަލާދޭން އުޅޭކަމުގެ ރިޕޯޓްތައް ފެތުރެނީ

ވާދޫ ފަރަށް ކޮޅުވެއްޓިއެއް އަރައި ގެއްލުންތަކެއް ވެއްޖެ

ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް އަމިއްލައަށް ވޯޓުލާން ރަޖިސްޓްރީވާން ހުޅުވާލައިފި

ސުޕަރ ލީގުގެ ފައިނަލްގެ ޖާގަތައް މައިބާދޫއާއި ގަމަށް

މުޅި ރާއްޖެއަށް ހުޅުވާލައިގެން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ކުރިއަށް ގެންދާ ރާއްޖެ ސުޕަރ ލީގުގެ ފައިނަލް މެޗުގެ ޖާގަތައް ލ.މައިބައިދޫއިންނާއި ލ.ގަމުން ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ މައިބައިދޫއިން ހޯދީ އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ސީދާ ތިން ސެޓުން ށ.ފުނަދޫ ބަލިކޮށްގެންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ހޯލުގައި އިއްޔެ ހަވީރު ކުޅުނު ސެމީގެ ފުރަތަމަ މެޗުގެ ފުރަތަމަ ސެޓު މާބައިދޫއިން ކާމިޔާބުކުރީ 25-14 އިންނެވެ. އަދި ދެވަނަ ސެޓު 25-19 އިން ކާމިޔާބުކުރިއިރު ތިންވަނަ ސެޓު ގެންދިޔައީ 25-15 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާބައިދޫގެ ޖޫޒާން ޒަރީރެވެ.

މުބާރާތުގެ ފައިނަލްގެ ދެވަނަ ޖާގަ ގަމުން ހޯދީ ސެމީގެ ދެވަނަ މެޗުގައި ރޭ ހުރާގެ މައްޗަށް 3-1 ސެޓުން ކުރިހޯދައިގެންނެވެ.

މެޗުގެ ފުރަތަމަ ސެޓު ގެންދިޔަ ގަމުން އެ ސެޓު ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 26-24 އިންނެވެ. ނަމަވެސް ދެވަނަ ސެޓުގައި ގަމަށް އެކަށީގެންވާ ކުޅުމެއް ދެއްކިފައި ނުވާއިރު، ނަތީޖާއެއްގެ ގޮތުން ހުރާއިން ވަނީ މި ސެޓު ފަސޭހަކަމާއެކު 11-25 އިން ކާމިޔާބުކޮށްފައެވެ. ތިންވަނަ ސެޓާއި ހަތަރުވަނަ ސެޓު ގަމުން ކާމިޔާބުކޮށްފައިވަނީ 25-18 އަދި 25-16 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގަމުގެ ބިދޭސީ ކުޅުންތެރިޔާ މިންކަން ވިޕާދާއެވެ.

މުބާރާތުގެ ތިންވަނަ ހޮވާ މެޗު ކުޅޭނީ ހޯމަ ދުވަހުގެ ހަވީރު 16:15 ގައެވެ. އަދި ފައިނަލް މެޗު ކުޅޭނީ އެ ރޭ 20:25 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވީއޭއެމްގެ ރާއްޖެ ސުޕަ ލީގުގެ ޗެމްޕިއަންކަން މާބައިދޫން ހޯދައިފި

ގައުމަށް ހުތުރުވާ ފަދަ އެއްވެސް ކަމެއް ނުކުރުމަށް އަބަދުވެސް އަޒުމު ކަނޑައަޅަންވާނެ: ސައީދު

ރާއްޖޭގެ ވޮލީ ދެ ޓީމަށް އެފްއައިވީބީ ވޯލްޑް ކޮލިފިކޭޝަނުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި

ވެމްކޯއިން ގައުމީ ވޮލީބޯލް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

TTH_advertisement