ކުއްލި ޚަބަރު

މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާ ރައީސް ބައްދަލުކުރައްވައިފި

ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީ ޑްރައިވަރުންނާއި ރައީސް ބައްދަލުކުރައްވައިފި

ތައިލޭންޑްގައި ހިނގި ރޭލު އެކްސިޑެންޓާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

އައްޑޫ ސިޓީ ފޭދޫން ގެއްލިގެން ހޯދަމުންދާ މީހާ އަދިވެސް ނުފެނޭ

އައްޑޫ ސިޓީ، ފޭދޫން އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ގެއްލިގެން ހޯދަމުންދަނީ ސ. ފޭދޫ، ހަމްދަރުދީގެ، ޙައްވާ ރާއިދާ މުނީރު (19އ) އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ޙައްވާ ރާއިދާ މުނީރު ހޯދަމުންދަނީ މިއަދު މެންދުރުން ފެށިގެން ދިޔަ ތަނެއް ނޭނގި ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން ކަަމަށެވެ.

އޭނާ ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން، ކަމާބެހޭ އެންމެހާ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް، އޭނާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. ނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ނުވަތަ އުޅޭތަނެއް ދެނެގަނެވިފައެއް ނުވެ އެވެ.

ޙައްވާ ރާއިދާ މުނީރާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އައްޑޫ ސިޓީ، ގަން ޕޮލިސް ސްޓޭޝަން ނަންބަރު 9792058 އަށް ގުޅާ ހިއްސާކުރުމަށް ވަނީ އެދިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަސްތުވާތަކެތީގެ މައްސަލައެއްގައި މިލަންދޫއިން މީހަކު ހައްޔަރުކޮށްފި

ޑޮލަރު ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާގެ ބަންދަށް 7 ދުވަސް ޖަހައިފި

Mm

ބިދޭސީން ހިންގި ފަސް ވިޔަފާރިއެއް ބަންދުކޮށްފި

TTH_advertisement