ކުއްލި ޚަބަރު

މާލޭގެ މޭޔަރު ކަމުގެ އެމްޑީޕީ ޓިކެޓް އާދަމް އާޒިމް ކަށަވަރުކުރައްވައިފި

ރައީސް ޑޯޕިންގ އެޖެންސީ އުފައްދަވައިފި

އެމްޕީއެލްގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކޮށްގެން ފައިސާ ހޯދި ބަޔަކު ހައްޔަރުކޮށްފި

ފިޠުރު ޒަކާތް އޮންލައިންކޮށް ބަލައިގަތުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި

ފިޠުރު ޒަކާތް އޮންލައިންކޮށް ބަލައިގަތުމަށް މޯލްޑިވްސް ޒަކާތު ހައުސްއާއި އަވަސް އެންޓަޕްރައިސަސްއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ، ޒަކާތު ހައުސްގެ ފަންޑު މެނޭޖަރ ޢަބްދުﷲ ޢަލީއެވެ. އަދި އަވަސް އެންޓަރޕްރައިސަސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޔާނިއު ރަމީޒެވެ.

މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ޒަކާތް ދައްކާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފައިސާ ދެއްކޭނެ މަގުތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި ފަހުމުނާމާގެ ދަށުން، އަވަސް އެންޓަޕްރައިސަސްގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ފިޠުރު ޒަކާތް ބަލައިގަތުމުގެ މަސައްކަތް މިއަހަރުގެ ރަމަޟާން މަހުން ފެށިގެން ރަސްމީކޮށް ފެށޭނެއެވެ.

މި ފަހުމުނާމާގައިވާ ގޮތުން، އަވަސް އެންޓަޕްރައިސަސްގެ ޕްލެޓްފޯމްތައް މެދުވެރިކޮށް ޒަކާތް ދައްކާއިރު އާންމުންގެ އަތުން އެއްވެސް އިތުރު ފީއެއް ނުނަގާނެއެވެ. މީގެ އިތުރުން، އެ ޕްލެޓްފޯމުތަކުން ބަލައިގަންނަ ޒަކާތުގެ ފައިސާ މޯލްޑިވްސް ޒަކާތު ހައުސްއަށް ބަދަލުކުރުމުގައި ވެސް އަވަސް އެންޓަޕްރައިސަސްއިން އެއްވެސް ފީއެއް ނުނަގާނެއެވެ. އެކަމުގެ މަޤުޞަދަކީ ޒަކާތް ދައްކާ ފަރާތްތަކުން ދައްކާ ފައިސާ ޒަކާތުގެ ބެހެނިވެރީންނަށް ފުރިހަމައަށް ފޯރުކޮށްދެވޭނޭކަން ކަށަވަރުކުރުމެވެ.

މިއީ ޒަކާތުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، އާންމުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމަށް ޒަކާތު ހައުސްއިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. އިތުބާރު ހުރި ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ބޭނުން ހިފައިގެން، ޒަކާތް ދެއްކުމުގެ ކަންކަން ފަސޭހަ، ދެފުށް ފެންނަ އަދި ހަލުވި ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމަކީ ޒަކާތު ހައުސްގެ އަމާޒެކެވެ.

އަވަސް އެންޓަޕްރައިސަސްއާއެކު ވެވުނު މި ބައިވެރިވުމަކީ، ޝަރުޢީ ހަމަތަކުގެ މަތިންނާއި އާންމުންގެ އިތުބާރު ދަމަހައްޓަމުން، ޒަކާތް ބަލައިގަތުމާއި ބެހުމުގެ ނިޒާމު ޒަމާނީ ކުރުމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ގެންގުޅޭ ތަޞައްވުރު ރަމްޒުކޮށްދޭ ކަމެކެވެ.

ޒަކާތުގެ ޚިދުމަތްތަކަކީ ބޭނުންކުރަން ފަސޭހަ އަދި އެންމެންނަށް ބައިވެރިވެވޭ ޚިދުމަތްތަކަކަށް ހެދުމަށާއި، ޒަކާތުގެ ފައިސާ ވަގުތުން ބަލައިގަނެ، ޒަކާތުގެ ބެހެނިވެރީންނަށް އެންމެ އެދެވޭ ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި ޒަކާތު ހައުސްއިން ދަނީ އައު އީޖާދީ ޙައްލުތަކާއި އިސްތިރާޖީ ގުޅުންތައް ޤާއިމުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mudalu zakaai

މުދަލު ޒަކާތުގެ ގޮތުގައި 107 މިލިޔަން ރުފިޔާ ލިބުނު

ޒަކާތު ފަންޑު ބަލަހައްޓާނީ ޚާއްޞަ އެކައުންޓެއްގައި ޚާއްޞަ އަހަންމިއްޔަތު ކަމެއްދީގެން: ޑރ.ޝަހީމް

ޒަކާތުގެ ޤާނޫނު ޢަމަލުކުރަން ފެށުމާއެކު ޒަކާތު ހައުސް ޤާއިމުކުރަށްވައިފި

mudalu zakaai

މުދަލު ޒަކާތުގެ ނިޞާބަށް ބަދަލު ގެނެސްފި

TTH_advertisement