ކުއްލި ޚަބަރު

ބޭންކް އޮފް މޯލްޑިވްސްއިން ވިޔަފާރިތަކަށް ބަލްކް ޕޭމަންޓް ޚިދުމަތް މިހާރު ލިބޭނެ

ސްކޭމްގެ މައްސަލައަކާ ގުޅިގެން ބިދޭސީންތަކެއް ހައްޔަރުކޮށްފި

މަސްދަޅު ކޭސް ބެހުން ބާރަށް ކުރިއަށް، 4000އަށްވުރެ ގިނަ ގޭބިސީއަކުން ނަންބަރު ނަގައިފި

ރޯދަ ހަދިޔާ ބެހުމުގެ ފަހުގެ ތައްޔާރީތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

990

ކުރިއަށް އޮތް ރަމަޟާން މަހު ގޭބިސީތަކަށް ރޯދަ ހަދިޔާ ބެހުމުގެ ކަންކަމުގައި އެކުލަވާލައިފައިވާ ޓާސްކު ފޯހުން އެންމެ ފަހުގެ ތައްޔާރީތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބައްދަވުމެއް ބާއްވައިފިއެވެ.

މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުން އޮތީ މިއަދު ހެނދުނު ސިޓީސް މިނިސްޓްރީގެ ރަށްވެހި މާލަމުގައެވެ.

މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިނިންގއާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އާއި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ އިތުރުން ދިވެހި ފުލުހުންގެ ހިދުމަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރޯދަ ހަދިޔާ ބެހުމުގެ ކަންކަމުގައި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން ވަމުންދާ ތައްޔާރީތަކުގެ މައުލޫމާތު މިނިސްޓަރ އާދަމް ޝަރީފު ވަނީ ޓާސްކްފޯހުގެ ބޭފުޅުނާ ހިއްސާކުރައްވާފައެވެ. އަދި މި ދިޔަ އަހަރު ރޯދަ ހަދިޔާ ބެހުމަށް އެ އިދާރާތަކުން ދެއްވާފައިވާ އެހީތެރިކަމަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒަޢާމަތުގައި ރޯދަ މަހާ ގުޅިގެން ދިވެހި ރައްޔިތުންނަށް ހާއްސަ އިނާޔަތްތަކެއް ކޮންމެ އަަހަރަކު ވެސް އަންނަނީ ދެއްވަމުންނެވެ. ދިވެހި ގޭބިސީތަކަށް، ރޯދަ ހަދިޔާގެ ގޮތުގައި މި އަހަރު ދެއްވުމަށް ހަމަޖެހިފައި ވަނީ މަސްދަޅު ކޭހެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

778

މަސްދަޅު ކޭސް ބެހުން ބާރަށް ކުރިއަށް، 4000އަށްވުރެ ގިނަ ގޭބިސީއަކުން ނަންބަރު ނަގައިފި

990

35 ރަށެއްގެ ކައުންސިލް އިދާރާގެ އިމާރާތުގެ މަސައްކަތް މި މަހު ފެށޭނެ: މިނިސްޓަރު އާދަމް ޝަރީފް

ކޮމަންޑޫ ކައުންސިލާ ގައްލައިދޫ ހަވާލުކޮށްފި

Mal

މިނިސްޓަރު އާދަމް ޝަރީފް އުތީމު ކައުންސިލްގެ ރައީސާ ބައްދަލުކުރައްވައިފި

TTH_advertisement