ކުޑަކުދިން ތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ހުސައިން ސަނީ އުމަރު ދިރިއުޅު ހ. އަނދުންގެއަށް އޭނާ ގޮވައިގެން ގޮސް ފުލުހުން އެގެ ބަލައިފާސްކުރަމުން އެބަދެއެވެ.
އިތުބާރުކުރެވޭ މަގާމެއްގައި ތިބި ކުދިންތަކަކާއެކު ޖިންސީ އަމަލެއް ހިންގި ކަމުގެ ތުހުމަތުގައި ސަނީ އުމަރު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައެވެ.
ސަނީ އުމަރަށް ތުހުމަތު ކުރެވޭ މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މީގެ 10 އަހަރު ކުރިން ފެށިގެން އެކި ގޮތް ގޮތުން އާއިލާގެ ކުޑަކުދިންނަށް ސަނީ އުމަރު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވެއެވެ. އެ މައްސަލަ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ނުކުރުމުން ސޯޝަލް މީޑިއާގައި ވަނީ އެ މައްސަލަ ތަހުގީގުކުރުމަށް ގޮވާލައި އަޑުއުފުލަން ފަށާފައެވެ.
ނަތީޖާއެއްގެ ގޮތުން އާއިލާއަށް މަޖުބޫރުވީ މައްސަލަ ފުލުހުންނަށް ހުށަހެޅުމަށެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގަށް ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު