ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލަނީ

Mp Falah

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލަން ޤާނޫނު އަސާސީ އިސްލާހުކުރުމަށް ބިލު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހުއެވެ.

އެގޮތުން ޤާނޫނުއަސާސީގެ 110 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް މީހުން ހޮވުމަށް ބާއްވަންޖެހޭ އިންތިޚާބު ބާއްވަންވާނީ، ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވާ އިންތިޚާބާ އެކުގައިކަމަށް މި ބިލުގައި ހިމަނާފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފަސް އަހަރުގެ ގޮތުގައި ކަނޑައަޅައި، މި މުއްދަތު ހަމަވުމާއެކު މަޖިލިސް އުވިގެންދާގޮތަށް އިސްލާހުކުރުމަށް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވެގެން މަޖިލިސް އުވުމާއެކު، އަލަށް އިންތިޚާބުކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަންވާނީ ޑިސެމްބަރު 1 ވަނަ ދުވަހު ކަމުގައި އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހު ހުށަހެޅުއްވި ބިލުގައި ހިމަނާފައިވެއެވެ.

އެ ޤާނޫނުގައި މީގެކުރިން އޮންނަ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ މަޖިލިސް އިންތިޚާބު ކުރުމަށްފަހު، ފުރަތަމަ ޖަލްސާ ކުރާ ތާރީޚުން ފެށިގެން ފަސް އަހަރު ދުވަހެވެ. އަދި މި މުއްދަތު ހަމަވުމުން މަޖިލިސް އުވުމާއެކު، އަލަށް އިންތިޚާބުކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަންވާނެ ކަމުގައި ބުނެފައިވެއެވެ.

ފަލާހް ހުށަހެޅުއްވި ބިލުގެ ބޭނުމަކީ މަޖިލީހުގެ މެންބަރު ކަމަށް މީހުން ހޮވުމަށާއި ރައީސް ހޮވުމަށް ބާއްވާ އިންތިޚާބު އެކީގައި ބާއްވަން ކަނޑައެޅުން ކަމަށް ބުނެފައިވެއެވެ. އަދި ހަމައެހެންމެ، މަޖިލީހުގެ ދައުރު ނުވަތަ އުމުރު ގުނުމުގެ އުސޫލު އިސްލާހުކޮށް، ޤާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަކީ ވެސް އެ ބިލުގެ ބޭނުމެއްކަން ފާހަގަކޮށްފައިވެއެވެ.

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމަށް ޤާނޫނު އަސާސީ އިސްލާޙުކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ޕީއެންސީގެ ޖަގަހަ ޖަލްސާއެއްގައި 7 ޖުލައި 2024 ވަނަ ދުވަހުގެ ރޭ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެންމެ ފަހުގެ ރިޔާސީ އިންތިޚާބަށް 180 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދި މަޖިލިސް އިންތިޚާބުގައި 120 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވި ކަމަށެވެ.

ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކީ ދެ އިންތިޚާބު އެއްކޮށްލުން ކަމަށް ވިދާޅުވެ، އެކަމުގެ ސަބަބުން 120 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ. އަދި ރައްޔިތުން މިގޮތަށް ނިންމަވައިފި ނަމަ، ޤާނޫނު އަސާސީއަށް އިސްލާހު ގެނެސް 2028 ވަނަ އަހަރު ދެ އިންތިޚާބު އެކު އެކީގައި ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mp Falah

ޓެރަރިޒަމް ގާނޫނަށް އެމްޑީޕީން ހުށަހެޅި އިސްލާހަށް ސަރުކާރުގެ ތާއީދު އެބައޮތް: ފަލާހު

ފެންޝަން ފައިސާ ނެގޭ އިސްލާހަށް ލަފާ ހޯދަނީ

66

ބޮޑު ދެ އިންތިޚާބު އެކުގައި ބާއްވާގޮތް ހަދަން ގާނޫނުއަސާސީ އިސްލާހުކުރަން ކޮމިޓީން ފާސްކޮށްފި

Qw

މަޖިލީހަށް ޕެޓިޝަން ހުށަހަޅަން މުޅިން އަލަށް އިލެކްޓްރޯނިކް ޕެޓިޝަން ޕޯޓަލެއް އިފްތިތާޙުކޮށްފި

TTH_advertisement