ކުއްލި ޚަބަރު

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބާއްވަން ފެނޭތޯ ބަލަން ވޯޓެއް ނަގަން ރައީސް ނިންމަވައިފި

މާލޭ ވިޔަފާރި ބަނދަރުގައި ހުރި ގިނަދުވަސްވީ މުދާ ނެގުމަށް އެދިއްޖެ

ފ. އަތޮޅާއި ދ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް މާދަމާ ފަށަނީ

ސަނީ އުމަރު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

Image 20

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ހުސައިން ސަނީ އުމަރު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ސަނީ އުމަރަށް އެންމެފަހުން އިތުރުކުރި 30 ދުވަސް ހަމަވުމުން މިއަދު ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. އެ ކޯޓުން މިއަދު އަމުރުކުރީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށެވެ.

އެ މައްސަލަ ސޯޝަލް މީޑިއާގައި ފެންމަތިވުމާއެކު ސަނީ އުމަރު ރާއްޖެ ދޫކޮށް ދިޔައެވެ. އެކަމަކު އޭނާ ރާއްޖެ އައުމާއެކު އެއާޕޯޓުން ފުލުހުންގެ ކާރެއްގައި ވަނީ ތަހުގީގަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

ސުވާލުކުރުމަށްފަހު ދޫކޮށްލުމުން އޭނާ ވަނީ މާސްކުއަޅައި ސިފަ އޮޅުވާލައިގެން އަވަށްޓެރި ސްރީލަންކާއަށް ފުރަން މަސައްކަތްކޮށްފައެވެ.

އޭނާ ހައްޔަރުކުރީ އެއާޕޯޓްގައި ހުއްޓައެވެ. އެފަހަރު ހައްޔަރުކުރީ ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވިފައި ވަނިކޮށް ފިލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައެވެ.

އެ މައްސަލާގައި ބަންދުގައި ބެހެއްޓުމަށްފަހު ދޫކޮށްލުމަށްފަހު ޖިންސީ ގޯނާގެ މައްސަލައިގެ ތުހުމަތުގައި ވަނީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

990

ސަނީ އުމަރު ދިރިއުޅުނުގެ ބަލައި ފާސްކުރަނީ

Image 20

ސަނީ އުމަރުގެ ތަހުގީގަށް ކުރިއެރުންތަކެއް އެބަލިބޭ: ފުލުހުން

55

ސަނީ އުމަރު ރާއްޖެ އައުމާއެކު ފުލުހުންގެ ބެލުމުގެ ދަށަށް

TTH_advertisement