ކުއްލި ޚަބަރު

އެމްޕީއެލްގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކޮށްގެން ފައިސާ ހޯދި ބަޔަކު ހައްޔަރުކޮށްފި

މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާ ރައީސް ބައްދަލުކުރައްވައިފި

ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީ ޑްރައިވަރުންނާއި ރައީސް ބައްދަލުކުރައްވައިފި

ދިޔަވަމުންދިޔަ ‘ހަވާސާ’ ބޯޓަށް އެމްއެންޑީއެފްގެ އެހީތެރިކަން ފޯރުކޮށްދީފި

G9kx9LdaEAAe3A1

ދިޔަވަމުން ދިޔަ މުދާ އުފުލާ ބޯޓަކަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން އެހީތެރިކަން ފޯރުކޮށްދީފިއެެވެ.

އެމްއެންޑީއެފްގެ ސަދަން އޭރިޔާއިން އެހީތެރިކަން ފޯރުކޮށްދީފައިވަނީ ފުވައްމުލަކު ސިޓީ އުތުރުން 4 މޭލު ބޭރުން ދަތުރުކުރަމުން ދަނިކޮށް ދިޔަވަމުން ދިޔަ މުދާ އުފުލާ ބޯޓަކަށެވެ.

‘ހަވާސާ’ ބޯޓު

އެމްއެންޑީއެފްއިން ވިދާޅުވީ “ހަވާސާ” ނަމަކަށް ކިޔާ މި ބޯޓަށް ދިޔަވާކަމުގެ މަޢުލޫމާތު މިއަދު 12:23 ހާއިރު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިންނާއި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުންގެ އިތުރުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ޕޯސްޓުގެ ސިފައިން ވަނީ ޕަންޕާ އެކު އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން އެ ބޯޓު ފުވައްމުލަކު ސިޓީ ބަނދަރަށް ވަނުމުން މިއަދު 13:10 ހާއިރު ދިޔަ ހިއްކުމުގެ މަސައްކަތް ކޮށްފައިވާކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

އަދި، ބޯޓުގައި ބޮޑުވި ދިޔަގަނޑު އެއްކޮށް ހިއްކައި ނިމުނީ މިއަދު 14:10 ހާއިރުކަމަށާއި، މި ބޯޓަށް އެހީތެރިވުމުގައި މޯލްޑިވްސް ސަރވިސްއިންވެސް ވަނީ ހަރަކާތްތެރިވެފައިކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފޭސް އެކެއްގައި ހުންނަ ”ބްރަންޗް ހައުސް“ކެފޭ ގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

kulli khabaru

ސަޕްލައި ދޯންޏެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވަނީ

އައްޑޫ ނޭޗާޕާކް ކައިރީގައި ރޯވި އަލިފާން އެމްއެންޑީއެފް އިން ނިއްވާލައިފި

Photo 6213195820811619098 y

ގުރައިދޫ ކައިރިން ކިނބުލެއް ހިފައިފި

TTH_advertisement