ކުއްލި ޚަބަރު

ބާރަށު ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ކެންޑިޑޭޓް އަލީ ޝަމީމް ހޮވިއްޖެ

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ކައުންސިލް އިންތިހާބުގައި ހިރިމަރަދޫ މީހުން ވޯޓުލާނީ ހަނިމާދޫ ކައުންސިލަށް

އަންނަ އަހަރު އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ހދ. ހިރިމަރަދޫ މީހުން ވޯޓުލާނެ އިންތިހާބީ ދާއިރާއަކީ ހދ. ހަނިމާދޫ ކައުންސިލް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން މިއަދު ކަނޑައަޅުއްވައިފިއެވެ.

އާބާދީ މަދުވުމުގެ ސަބަބުން ހިރިމަރަދޫ މީހުން ހަނިމާދުއަށް ދޮޅު އަހަރުގެ ތެރޭގައި ބަދަލުކުރަން ރައީސް ނިންމެވީ، މިދިޔަ އޯގަސްޓް މަހުއެވެ.

ރައީސް މިއަދު ނެރުއްވި ގަރާރުގައި ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ލިސްޓުން ހިރިމަރަދޫ އުނިކޮށް، އެ ލިސްޓު މިހާރު އަޕްޑޭޓު ކޮށްފައިވާ ކަމަށެވެ.

އެ ގަރާރުގައި ބުނީ އިސްލާހު ކުރި ލިސްޓަށް އަމަލު ކުރާނީ ހިރިމަރަދޫ މީހުން ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓަރީކޮށް ނިމުމާ އެކު، އެކަން ސަރުކާރުން އާންމުކޮށް އަންގައި އިއުލާންކުރާ ތާރީހުން ފެށިގެން ކަމަށެވެ.

ރައީސްގެ ގަރާރުގައި ބުނީ ހިރިމަރަދުއަކީ މީހުން ދިރިނޫޅޭ ރަށެއް ކަމަށް މި ވަގުތައް ކަނޑައެޅީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބާއްވަނީ ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ މަރުހަލާގެ ތެރޭގައި ކަމަށް ވާތީ ކަމަށާއި އެގޮތަށް ކަނޑައެޅުއްވީ، އިލެކްޝަންސް ކޮމިޝަނުން ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އެކުލަވާލާއިރު، މީހުން ދިރިއުޅޭ އެއްވެސް ރަށެއް، ފަޅުރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައި، އެ ރަށުގެ ރަށްވެހިން އެހެން ރަށަކަށް ބަދަލުކުރާ ހާލަތުގައި، އެފަދައިން ބަދަލުވީ ރަށުގެ ރަށްވެހިންގެ އިންތިހާބީ ދާއިރާ ކަމުގައި ބަލަން ޖެހޭނީ އެ މީހުން އަލަށް ބަދަލުވި ރަށް ކަމަށް އިންތިހާބާ ބެހޭ ގާނޫނުގައި ބުނާތީ ކަމަށެވެ.

ހިރިމަރަދޫގައި މިދިޔަ އޮގަސްޓު މަހުގެ 24ގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހިރިމަރަދޫގައި މިހާރު ހުރި ކޮންމެ ގޯއްޗަކަށް، ހަނިމާދޫން ގޯއްޗެއް ދޭނެ ކަމަށާއި 154 ގޯތި މިހާރު ހިރިމަރަދޫގައި އޮތް ކަމަށް ކައުންސިލުން މައުލޫމާތުދޭ ކަމަށެވެ. އަދި ހަނިމާދޫން ގޯތީގައި ގެއެއް ހަދައިދީ، ހިރިމަރަދޫ ރައްޔިތުންނާ ހަވާލުކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Hanimaadhoo

ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރެއް އެޅުމަށް އިއުލާންކޮށްފި

raees muiz

ހިރިމަރަދޫ ރައްޔިތުން ހަނިމާާދޫއަށް ބަދަލުކުރަން ރައީސްގެ ގަރާރަަކުން ނިންމަަވައިފި

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ރަސްމީކޮށް ހުޅުވައިފި

ބަޔޯޕްލާސްޓިކް ކޮތަޅު އުފައްދާ މަރުކަޒެއް ހުޅުވައިފި

TTH_advertisement