ކުއްލި ޚަބަރު

މާލޭ ވިޔަފާރި ބަނދަރުގައި ހުރި ގިނަދުވަސްވީ މުދާ ނެގުމަށް އެދިއްޖެ

ފ. އަތޮޅާއި ދ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް މާދަމާ ފަށަނީ

ފެނަކަ ސައީދު ގޭބަންދަށް ބަދަލުކޮށްފި

ސަނީ އުމަރުގެ ތަހުގީގަށް ކުރިއެރުންތަކެއް އެބަލިބޭ: ފުލުހުން

Image 20

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ހުސައިން ސަނީ އުމަރުގެ ތަހުގީގަށް ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

އެ މައްސަލަ ސޯޝަލް މީޑިއާގައި ފެންމަތިވުމާއެކު ސަނީ އުމަރު ރާއްޖެ ދޫކޮށް ދިޔައެވެ. އެކަމަކު އޭނާ ރާއްޖެ އައުމާއެކު އެއާޕޯޓުން ފުލުހުންގެ ކާރެއްގައި ވަނީ ތަހުގީގަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

ސުވާލުކުރުމަށްފަހު ދޫކޮށްލުމުން އޭނާ ވަނީ މާސްކުއަޅައި ސިފަ އޮޅުވާލައިގެން އަވަށްޓެރި ސްރީލަންކާއަށް ފުރަން މަސައްކަތްކޮށްފައެވެ.

އޭނާ ހައްޔަރުކުރީ އެއާޕޯޓްގައި ހުއްޓައެވެ. އެފަހަރު ހައްޔަރުކުރީ ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވިފައި ވަނިކޮށް ފިލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައެވެ.

އެ މައްސަލާގައި ބަންދުގައި ބެހެއްޓުމަށްފަހު ދޫކޮށްލުމަށްފަހު ޖިންސީ ގޯނާގެ މައްސަލައިގެ ތުހުމަތުގައި ވަނީ ހައްޔަރުކޮށްފައެވެ.

ޕީޖީ އޮފީހުން ބުނީ ތަހުގީގުގަށް ކުރިއެރުން ލިބެމުންދާ ވަރަކަށް އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަން ހުށަހަޅާނެ ކަމަށެވެ.

ސަނީ އުމަރުގެ ބަންދަން ދިން 30 ދުވަހުގެ މުއްދަތު އަންނަ ބުރާސްފަތި ދުވަހަށް ހަމަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

990

ސަނީ އުމަރު ދިރިއުޅުނުގެ ބަލައި ފާސްކުރަނީ

Image 20

ސަނީ އުމަރު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

55

ސަނީ އުމަރު ރާއްޖެ އައުމާއެކު ފުލުހުންގެ ބެލުމުގެ ދަށަށް

TTH_advertisement