ގދ. ފިޔޯރީގެ މަގު ހެދުމުގެ އެއްބަސްވުމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރ. ޑީ. ސީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާރގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ، ޑރ. ޢަބްދުالله މުއްޠަލިބްއެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ނަޒީމްއެވެ. އަރިހުގައި ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެންބަރ އަޝްރަފް ރަޝީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.
ގދ. ފިޔޯރީގެ މަގުހެދުމުގެ މަޝްރޫއު އާރްޑީސީ އަށް 71,208,238.32 ރުފިޔާ އަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ. އެ މަސައްކަތް ނިންމުމަށް ހަމަޖެހިފައި ވަނީ 730 ދުވަސް ތެރޭގައެވެ.
ކިޔުންތެރިންގެ ހިޔާލު