ކުއްލި ޚަބަރު

ސްކޭމްގެ މައްސަލަތަކުގައި މި އަހަރުގެ މިހާތަނަށް ގާތްގަނޑަކަށް 8.5 މިލިއަން ރުފިޔާ އަނބުރާ ހޯދާފައިވޭ: ފުލުހުން

ފަނޑިޔާރު ޝުޖޫނަށް ފުރައްސާރަކުރި ކަމަށް ބުނެ އެޗްއާރްސީއެމް އިން އެކަން ކުށްވެރިކޮށްފި

ވިޔަފާރިވެރިންނަށް އުފާވެރިކަން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ބޮޑެތި ލުއިތަކެއް ދެނީ

ސްކޭމްގެ މައްސަލަތަކުގައި މި އަހަރުގެ މިހާތަނަށް ގާތްގަނޑަކަށް 8.5 މިލިއަން ރުފިޔާ އަނބުރާ ހޯދާފައިވޭ: ފުލުހުން

990

މި އަހަރުގެ މިހާތަނަށް އެންޓި ސްކޭމް ސެންޓަރުން ޖުމުލަ 1,663 މައްސަލަ ބަލާފައިވާއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 8.5 މިލިއަން ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އެންޓި ސްކޭމް ސެންޓަރާއި ސައިބަރ ކްރައިމް ސެންޓަރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ބާއްވާފައެވެ.

އެ ބައްދަލުވުމުގައި ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް އެޅުނު ގާނޫނީ ފިޔަވަޅުތަކުގެ ތެރޭގައި ކޯޓު އަމުރުގެ ދަށުން 754 އެކައުންޓު ފްރީޒްކުރުމާއި، 48 ގަޑިއިރުގެ ތެރޭގައި 2,946 އެކައުންޓު ފްރީޒްކުރުމާއި، 72 ވަސީލަތް ހިފެހެއްޓުމާއި، 18 ސަރޗް އެންޑް ސީޒް އޮޕަރޭޝަން ހިންގުން ހިމެނެއެވެ. އަދި 14 މީހުން ހައްޔަރުކޮށްފައިވާއިރު ސްކޭމާ ގުޅުންހުރި 54 ލިންކު ނައްތާލައި، 727 ޑިވައިސް ބްލެކްލިސްޓްކޮށް އަދި 237 ސިމްކާޑު ބްލޮކްކޮށްފައިވާ ކަަމަށް ވެސް ފުލުހުން މިއަދު ބުންޏެވެ.

ސްކޭމް ހިންގާ ގޮތާއި އޭގެ ބާވަތްތަކަށް ބަލާއިރު ގިނަ ސްކޭމްތައް ހިންގާފައިވަނީ ފޭސްބުކް މާކެޓްޕްލޭސް، ވައިބަރ، ޓެލެގްރާމް، އައިބޭ، ވަޓްސްއެޕް، އިންސްޓަގްރާމް އަދި ފޯންކޯލް ފަދަ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށްގެން ކަމަށް މި ބައްދަލުގައި ފާހަގަކޮށްފައިވެއެވެ. އަދި އެންމެ އާންމު ސްކޭމްގެ ބާވަތްތަކުގެ ތެރޭގައި އީ-ކޮމާސް، ކަރަންސީ އެކްސްޗޭންޖް އަދި އިންޕަރސޮނޭޝަން ސްކޭމްގެ އިތުރުން ވިޝިންގ، އަންއޮތޮރައިޒްޑް ޓްރާންޒެކްޝަންސް، އިންވެސްޓްމަންޓް ސްކޭމް، ފިޝިންގ، ޖޮބް އޮފަރ ސްކޭމް އަދި ބިޒްނަސް އީމެއިލް ކޮމްޕްރޮމައިޒް ހިމެނޭކަަން ފާހަގަކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި ސައިބަރ ކްރައިމް ސެންޓަރުން ހިއްސާކުރި ތަފާސްހިސާބުތަކަށް ބަލާއިރު 2024 ވަނަ އަހަރާއި މި އަހަރާ އަޅާބަލާއިރު ސައިބަރ ކްރައިމްގެ މައްސަލަތައް މި އަހަރު %90.2 އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. އަދި މިވަގުތު ތަހުގީގު ކުރެވެމުންދާ މައްސަލަތަކުގެ އަދަދު 2024 ވަނަ އަހަރާ އަޅާބަލާއިރު ވަނީ އިތުރުވެފައެވެ.

މީގެއިތުރުން ކޮންފެޝަން ޕޭޖްތަކާ ގުޅިގެން ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރޭގައި ބަރަހަނާ މަންޒަރު މެދުވެރިކޮށް ބިރު ދެއްކުމާއި، ބްލެކްމެއިލް ކުރުމާއި، ޑިފެމޭޝަން އަދި ސައިބަރ ބުލީކުރުމުގެ މައްސަލަތައް ހިމެނެއެވެ. ސައިބަރ ހާދިސާތަކާ ގުޅިގެން 1095 ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. ސޯޝަލް މީޑިއާ އަދި މޯބައިލް ފޯން ހެކް ކުރުމުގެ 71 މައްސަލަ ހުށަހެޅިފައިވެއެވެ. މިގޮތުން 3 އެކައުންޓް ސީޒްކުރެވި، 19 އެކައުންޓް ޓޭކްޑައުން ކުރެވިފައިވާއިރު، 30 މައްސަލަ މިވަގުތު ތަހުގީގު ކުރެވެމުންދެއެވެ.

އެންޓި ސްކޭމް ސެންޓަރާއި ސައިބަރ ކްރައިމް ސެންޓަރުން ބައިނަލްއަގުވާމީ ގުޅުންތައް ބޭނުންކޮށްގެން ވެސް ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފައިވާކަން މި ބައްދަލުވުމުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ވެސް. އެންޓި ސްކޭމް ސެންޓަރާއި ސައިބަރ ކްރައިމް ސެންޓަރުން މި އަހަރުގެ މިހާތަނަށް ކޮށްފައިވާ އެހެނިހެން މަސައްކަތްތަކުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mm

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން އަށް މީހަކު ހައްޔަރުކޮށްފި

ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ވޭޕް ނައްތާލައިފި

މަސްތުވާތަކެތީގެ ކެފޭގެ ގޮތުގައި ހިންގި 11 ތަނެއް މިއަހަރު ބަންދުކޮށްފިން: ފުލުހުން

މަސްތުވާތަކެތީގެ މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި

TTH_advertisement