ކުއްލި ޚަބަރު

ފަނޑިޔާރު ޝުޖޫނަށް ފުރައްސާރަކުރި ކަމަށް ބުނެ އެޗްއާރްސީއެމް އިން އެކަން ކުށްވެރިކޮށްފި

ވިޔަފާރިވެރިންނަށް އުފާވެރިކަން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ބޮޑެތި ލުއިތަކެއް ދެނީ

ފުލުހުންގެ ވަޒީފާއިން ރިޓަޔާކޮށް ދައުލަތުގެ މަގާމްތައް ފުރުއްވާނަމަ ޕެންޝަން ނުލިބޭގޮތް ހަދައިފި

ފަނޑިޔާރު ޝުޖޫނަށް ފުރައްސާރަކުރި ކަމަށް ބުނެ އެޗްއާރްސީއެމް އިން އެކަން ކުށްވެރިކޮށްފި

Mm

ރައީސް ޑރ. މުހައްމަދު މުއިއްޒު ހެންވޭރު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އަށް ނިސްބަތް ކުރައްވައި ފުރައްސާރަކޮށް މީހަކު ވާހަކަ ދެއްކި ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން އެކަން ކުށްވެރިކޮށްފިއެވެ.

މިމަހުގެ ހަތްވަނަ ދުވަހު ކަލާފާނު ސްކޫލުގައި ބޭއްވި މި ބައްދަލުވުމުގައި ފަނޑިޔާރު ޝުޖޫން، ސުޕްރީމް ކޯޓުގެ ބެންޗުގައި އިންނަވަނީ ބުރުގާ ނާޅުއްވާ ކަމަށް ވިދާޅުވެ، ފާޑު ވިދާޅުވީ، ދީނީ އިލްމުވެރިޔާ ޑރ. އިޔާޒް އަބްދުއްލަތީފްގެ ބައްޕާފުޅު އަބްދުއްލަތީފެވެ.

އެކަމާ ގުޅިގެން އެޗްއާރުސީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަންހެނުންގެ ކަރާމާތާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގަދަރާއި ޝަރަފަށް އުނިކަން އަންނަ މޭރުމަކުން ދައްކާފައިވާ އެ ވާހަކަތައް ކުށްވެރިކުރާ ކަމަށެވެ.

ކޮންމެ އިންސާނެއްގެ ވެސް ނަމާއި އަބުރު ރައްކާތެރި ކުރުމަކީ އިސްލާމީ ޝަރީއަތުން ކަށަވަރުކޮށްދޭ ހައްގެއް ކަމަށާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އަނެކާގެ އަބުރަށް އަރައިގަތުމަށް އޮތް ހުއްދައެއް ނޫން ކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައިވެއެވެ.

އިހްތިރާމާއެކު ހިޔާލު ފާޅުކުރުމަށާއި އަނެކާގެ އަބުރު ރައްކާތެރިވާނެ ގޮތެއްގެ މަތިން ވާހަކަ ދެއްކުމަށް އެ ބަޔާނުގައި ކޮމިޝަނުން ވަނީ ގޮވާލައިފައެވެ.

ރާއްޖޭގެ ޝަރުއީ ނިޒާމުގެ ބޭފުޅަކަށް ފުރައްސާރަ ކުރުމަކީ މުޅި ނިޒާމުގެ ހައިބަތާއި ކަރާމާތަށް އުނިކަން އަންނާނެ ކަމެއް ކަމަށާއި ވަކި ޖިންސަކަށްވީތީ ނުވަތަ އަންހެނަކަށް ވީތީ ކުރާ ފުރައްސާރަ އާއި ތަފާތު ކުރުންތަކުން އެއްކިބާވެ ތިބެ، ބިނާކުރަނިވި ގޮތެއްގައި ހިޔާލު ފާޅުކުރުމަށް ވެސް އެޗްއާރްސީއެމް އިން ގޮވާލިއެވެ.

“އަންހެނުންނާ މެދު ކުރެވޭ އެންމެހައި ނޭދެވޭ ތަފާތުކުރުންތައް ނައްތާލުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާގައި ބައިވެރިވެފައިވާ ގައުމަކަށް ދިވެހިރާއްޖެ ވީހިނދު، މިފަދަ އަމަލުތަކަކީ އެ މުއާހަދާ އާ ވެސް ހިލާފު ކަމެއް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން ފަދަ އިލްމީ، ގާބިލު އަންހެން ބޭފުޅުންނަށް އަމާޒުކޮށް ޖިންސީ ފުރައްސާރައިގެ ސިފަ އެކުލެވޭ ބަސްމަގު ބޭނުންކުރުމަކީ އަންހެނުންގެ ކުރިއެރުމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން ފަދަ އިލްމީ، ގާބިލު އަންހެނުންގެ ހައްގުތައް ކަށަވަރުކޮށް ދެމެހެއްޓުމަށް އޮތް ހުރަހެއް،”

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ބާރުއަޅާ ބަޔަކަށް މަދަނީ ޖަމްޢިއްޔާތައް ވާންޖެހޭ: ޑރ. ރަމީލާ

TTH_advertisement