ކުއްލި ޚަބަރު

ލޯކަލް ޓޫރިޒަމް ކުރިއަރުވަން ސީޕްލޭންގެ ޚިދުމަތް މުހިންމު: އަމީން

ސްޓޭޓް މިނިސްޓަރު ކަމުން މަޖީދު ވަކިކުރައްވައިފި

ނައިބު ރައީސް ފިޔޯރީއަށް ވަޑައިގެންފި

އެސްއެމްއީ ޑިޖިޓަލްއިން ވިޔަފާރިތަކަށް ހާއްސަކޮށް “ވެސަލް ފައިނޭންސިންގ” ތައާރަފްކޮށްފި

Whatsapp image 2025 12 25 at 10.23.36

އެސްއެމްއީ ޑިޖިޓަލްއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް ކަނޑުއުޅަނދުފަހަރާއި ގުޅުންހުރި ބޭނުންތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ‘ވެސަލް ފައިނޭންސިންގ’ ގެ ނަމުގައި އައު ފައިނޭންސިންގ ޕްރޮޑަކްޓެއް މިއަދު ތައާރަފްކޮށްފިއެވެ.

މި ފައިނޭންސިންގެ ދަށުން 5،000،000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ލިބޭނެއެވެ. ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިނުމަށާއި، ލުއި ފަސޭހަ އިންތިޒާމެއްގެ ދަށުން ފައިނޭންސިންގ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން 10 އަހަރާ ހަމައަށް އަނބުރާ ދެއްކުމުގެ މުއްދަތު ދިނުމަށްވަނީ ހަމަޖެހިފައެވެ. މި މުއްދަތުގެ ތެރޭގައި 18 މަސްދުވަހާ ހަމައަށް ލިބޭ ގްރޭސް ޕީރިއަޑެއް ހިމެނޭނެއެވެ.

މި އައު ފައިނޭންސިންގ ފަރުމާކޮށްފައިވަނީ ކަނޑުއުޅަނދުފަހަރާއި ގުޅުންހުރި ވިޔަފާރިތައް މުޅިން އަލަށް ފަށަން އަދި މިހާރު ހިންގަމުންދާ ވިޔަފާރިތައް އިތުރަށް ފުޅާކުރުމަށްޓަކައި އުޅަނދުފަހަރު ބަނުމަށް ނުވަތަ ގަތުމަށް، އަދި އިންޖީނު އެޅުމުގެ އިތުރުން މަރާމާތުގެ މަސައްކަތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހަގޮތެއްގައި ފޯރުކޮށްދިނުމަށެވެ. މި ފައިނޭންސިންގ މެދުވެރިކޮށް މަސްވެރިކަމާއި، ޓޫރިޒަމް އަދި މުދާ އުފުލުމާއި ލޮޖިސްޓިކްސް ފަދަ ދާއިރާތަކުގައި ބޭނުންކުރާ އުޅަނދުފަހަރާއި އެއާ ގުޅޭ އެކި ބޭނުންތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، މި ފައިނޭންސިންއަކީ ރާއްޖޭގެ އިގްތިސާދުގައި މުހިންމު ދައުރެއް އަދާކުރާ ކަނޑުއުޅަނދުފަހަރާއި ގުޅުންހުރި ސިނާއަތްތައް ކުރިއެރުވުމަށް ހުޅުވާދެވުނު މުހިންމު މަގެއް ކަމަށެވެ.

“މީގެ ސަބަބުން އުޅަނދުފަހަރު ބަނުމާއި، ގަތުމާއި، އިންޖީނު އެޅުން ފަދަ މުހިންމު ކަންކަމަށް ބޭނުންވާ ފައިނޭންސިންގ ހޯދުމުގައި ވިޔަފާރިތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ. އަޅުގަނޑުމެންގެ އަމާޒަކީ ހުރިހާ ދާއިރާތަކަކަށްވެސް ފަހި ފުރުސަތުތަކެއް ހޯދައިދީ، ގައުމުގެ އިގްތިސާދު ހަރުދަނާކުރުމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުން.”

މި ފައިނޭންސިންއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓް www.smedigital.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް އިސްލާމިކް މައިކްރޯ ފައިނޭންސިންގ އަށް އެޕްލިކޭޝަން ހުޅުވާލައިފި

Whatsapp image 2026 01 04 at 13.19.21

އެސްއެމްއީ ޑިޖިޓަލްއިން ވިޔަފާރި ތަރައްގީ ކުރުމަށް “ބިޒްނަސް އެކްސްޕޭންޝަން ފައިނޭންސިންގ” ތައާރަފްކޮށްފި

މެރިކަލްޗަރ ވިޔަފާރިތަކަށް ބޭނުންވާ މޫދުކޮށި ގަތުމަށް ޚާއްޞަ ސްކީމެއް

Whatsapp image 2025 12 10 at 11.32.48

މަހުގެ ބާވަތްތަކުގެ އުފެއްދުންތައް އިތުރު ކުރުމަށް ‘މަހަ މަންފާ’ ނަމުގައި ފައިނޭންސިންގ ސްކީމެއް ތައާރަފްކޮށްފި

TTH_advertisement