ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

މުދާ ކްލިއާކުރުން 24 ގަޑިއިރަށް ބަދަލުކޮށްފި

customs

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ވިޔަފާރިވެރިންނަށް ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް، ވައިގެމަގުން ރާއްޖެއަށް އަންނަ މުދާ ކްލިއާކުރުމަށް ކަސްޓަމްސްއިން ދޭން ޖެހޭ ހުރިހާ ހިދުމަތްތަކެއް 24 ގަޑިއިރަށް ބަދަލުކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ކަސްޓަމްސްއިން މިއަދު ކުރި އިއުލާނެއްގައެވެ.

މި ބަދަލު ގެނެސްފައިވަނީ، ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންގެ ފަރާތުން ރައީސަށް ހުށަހެޅިފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައި ދެއްވުމުގެ ގޮތުންނެވެ. ރައީސް މުއިއްޒު ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި، މުދާ ކްލިއާކުރުމުގެ މަސައްކަތް ކުރިން އޮތީ ގާތްގަނޑަކަށް 18 ގަޑިއިރަށް ކަމަށާއި، މިކަމުގެ ސަބަބުން ގިނަ ވިޔަފާރިވެރިންނަށް ގިނަ ގޮންޖެހުންތައް ކުރިމަތިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވެފައިވަނީ، މުދާ ޑެމަރޭޖް ނާރާނެހެން ފްރީކޮށް ބެހެއްޓޭ 80 ގަޑިއިރުގެ މުއްދަތުވެސް 124 ގަޑިއިރަށް އިތުރުކޮށްދެއްވާނެ ކަމަށެވެ. މި ބަދަލު ގެނައުމުގެ ބޭނުމަކީ، ކުރިން ޑެމަރޭޖް ދައްކަންޖެހޭ ވަގުތު ކުރުވުމުގެ ސަބަބުން އެތައް ބަޔަކަށް ބޮޑެތި އަދަދުތަކެއް ހަރަދުވާ ކަމަށް ވިޔަފާރިވެރިން ކުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައި ދިނުމެވެ.

އެ ބައްދަލުކުރެއްވުންތަކުގައި ރައީސް މުއިއްޒު ވިދާޅުވީ، ކަސްޓަމްސްއާއި އެމްއޭސީއެލް ގުޅިގެން މުދާ ކްލިއާކުރުމުގެ މަސައްކަތް ކުރިން ކުރެވެމުން ދިޔައީ ގާތްގަނޑަކަށް 18 ގަޑިއިރު ކަމަށެވެ. ނަމަވެސް ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކަށް ބަލައި މިކަން 24 ގަޑިއިރަށް ބަދަލުކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ޔަގީންކަން ދެއްވިއެވެ.

“ކަސްޓަމްއާއި އެމްއޭސީއެލް ގުޅިގެން ކްލިއަރިން މަސައްކަތަށް މިހާރު މިއޮންނަނީ ގާތްގަނޑަކަށް އެއް ޝިފްޓު ނޫނީ 2 ޝިފްޓު މިއޮންނަނީ ގާތްގަނޑަކަށް 18 ގަޑިއިރުގެ ކްލިއަރިން މަސައްކަތް މިކުރަނީ. އެހެންވީމަ އެއީ 18 ގަޑިއިރުގައި އޮތުމުގެ ބަދަލުގައި 24 ގަޑިއިރަށް ބަދަލުކޮށްދޭނަން.” ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އެއާޕޯޓާއި ސީޕޯޓްގައި ފާހަގަކުރެއްވި ކަންކަމަށްވެސް ހައްލު ގެނެސްދިނުމަށް މަސައްކަތް ކޮށްދޭނެ ކަމުގެ ޔަގީންކަން ވިޔަފާރިވެރިންނަށް ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގްރޭޓަރ ބޭ އެއަރލައިންސް އިން ރާއްޖެއަށް ދަތުރުތައް ފަށައިފި

macl

އެމްއޭސީއެލް އިން އޭވިއޭޝަން ދާއިރާއަށް ހާއްސަކޮށްގެން އެވޯޑެއް ތަޢާރަފު ކޮށްފި

WhatsApp Image 2026 02 07 at 19.51.45

ހިތަދޫ ވިޔަފާރި ބަނދަރުގައި ކާބޯތަކެއްޗާއި އަސާސީ މުދާ ޑިއުޓީ ފްރީކޮށް ބަހައްޓަން އެއްބަސްވުމެއްގައި ސޮއިކޮށްފި

ރޭސިން އެރީނާގެ ބިން ހިއްކުމުގެ މަސައްކަތް މާޗް މަހު ފަށަނީ

TTH_advertisement