ލޯކަލް ޓޫރިޒަމްގެ މަގުބޫލު އަތޮޅެއް ކަމަށްވާ ވ. އަތޮޅުގައި އޮތް ސަފަރީއެއްގައި އަލިފާންރޯވެ އަނދަމުން އެބަދެއެވެ.
އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބިގެން އިރުއޮއްސި 6:48 ގައި އަލިފާން ނިއްވުމުގައި ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ރޯވެފައި ވަނީ ވ. އަތޮޅު ކުދަންބަރާ ކައިރީގައި އޮތް ‘ޔަސްވާ ޕްރިންސަސް’ ނަމަކަށް ކިޔާ ސަފާރީއެއްގައެވެ.
އެ ސަފާރީގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ނޭނގެއެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމެއް ވެސް އަދި ނޭނގެއެވެ.
އެމްއެންޑިއެފްއިން ހިއްސާ ކުރި ފޮޓޯއިން ފެންނަ ގޮތުގައި ސަފާރީގެ ގެގަނޑުގެ ކުރީކޮޅުގައި ވަރަށް ބޮޑަށް އަލިފާން ހިފާފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު