ކުއްލި ޚަބަރު

ކުށްތައް މަދުކުރުމަށްޓަކައި ސައިބަރ ސެކިއުރިޓީއާއި ގުޅޭ ޤާނޫނެއް އެކުލަވާލަނީ

އެންމެ ގިނައިން ހުށައެޅޭ އެއް މައްސަލައަކީ ސައިކަލް ވަގަށް ނެގުން، ރަނގަޅަށް ލޮކު ކުރޭ: ފުލުހުން

ދެ އަހަރު ފަހުން ކޮންމެ ރައްޔިތެއްގެ އަތުގައި އޮންނާނީ ޑިޖިޓަލް އައިޑީކާޑެއް: ރައީސް

ކުށްތައް މަދުކުރުމަށްޓަކައި ސައިބަރ ސެކިއުރިޓީއާއި ގުޅޭ ޤާނޫނެއް އެކުލަވާލަނީ

raees muiz

ރާއްޖޭގައި އިތުރުވަމުން އަންނަ ސައިބަރ ކުށްތައް މަދުކުރުމަށްޓަކައި އަންނަ އަހަރު ސައިބަރ ސެކިއުރިޓީއާއި ގުޅޭ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އޮންލައިން ޕްލެޓްފޯމްތަކުގައި ހިންގަމުންދާ ކުށްތައް ހުއްޓުވުމަށް ކުރިއަށް އޮތް އަހަރު ވަރަށް ގިނަ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި ސައިބަރ ކުށްތައް އިތުރުވުމުގެ މައްސަލަވެފައިވަނީ އާންމުންގެ ކަންބޮޑުވުމާއި ގުޅިފައިވާކަމަކަށެވެ. އެގޮތުން އެކި ބާވަތުގެ ސްކޭމްތަކުގައި ގިނަ ޢަދަދެއްގެ ފައިސާ ފޭރުމާއި، އޮންލައިން އެކި ޕްލެޓްފޯމްތަކުގައި ހަނގާކުރުމާއި ފޮށުމާއި އެނޫންވެސް ނޭދެވޭ އެތައް ޢަމަލެއް ހިންގަމުންދާކަމުގެ ޝަކުވާވަނީ ބޮޑުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޒުވާނުންނާއެކު ކުރިއަށްގެންދެވި “ކޮފީ ވިތް ޕްރެޒިޑެންޓް”ގައިވެސް ޒުވާނުންވަނީ މިކަންބޮޑުވުން ހިއްސާކުރައްވާފައެވެ. އެކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސައިބަރ ކުށް މަދުކުރުމަށްޓަކައި އަންނަ އަހަރު މުހިއްމު ގިނަ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން އަންނަ އަހަރު އެކަމަށް ޚާއްސަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް ވިދާޅުވިއެވެ.

“ސައިބަރ ސެކިއުރިޓީއާއި ގުޅޭގޮތުން ޤާނޫނީގޮތުންވެސް މާބޮޑުވެސް ރައްކާތެރިކަމެއް ނެތް އަދިއެއް މިކަމުގައި. އަޅުގަނޑުމެން މިހާރު މިއުޅެނީ ސައިބަރ ސެކިއުރިޓީ އެކްޓެއް ގެންނަންވެގެން” ރައީސް

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދިޔަ އަހަރު ޤާއިމުކުރެވުނު ނޭޝަނަލް ސަރިބަރ ސެކިއުރިޓީ އޭޖެންސީ އެންމެ ރަނގަޅަށް ހިންގައިގަންނާނީ މިޤާނޫނު ވުޖޫދުކުރެވުމުންކަމަށެވެ. ސައިބަރ އިންސިޑެންޓް ރެސްޕޮންސް ޓީމެއް ޤާއިމުކުރުން އަދި ސައިބަރ ކްރައިމްއާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް މީހުން ބިނާކުރުމުގެ މަސައްކަތް ކުރަން ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ.

ރާއްޖެއިންވަނީ ސައިބަރ ކުށްތައް ހުއްޓުވުމަށް ޤައުމުތަކުން ގުޅިގެން މަސައްކަތްކުރާ އދ.ގެ މުޢާހަދާ “ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ސައިބަރކްރައިމް”ގައި ބައިވެރިވެފައެވެ. ރާއްޖެއަކީ މިމުޢާހަދާގައި އެންމެ ފުރަތަމަ ބައިވެރިވީ ޤައުމުތަކުގައި ހިމެނޭ ޤައުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އައްޑޫއާ މާލޭގައި ރޭސިން ޓްރެކް އަޅަނީ، މާލޭގައި އަޅާނީ މާލޭން ހުޅުމާލެއަށް ދާން މި އޮންނަ ހައިވޭގެ ބޭރުން

Big 7aso5bimviajmzlaz51jlhgjs

ދެ އަހަރު ފަހުން ކޮންމެ ރައްޔިތެއްގެ އަތުގައި އޮންނާނީ ޑިޖިޓަލް އައިޑީކާޑެއް: ރައީސް

ހުރިހާ ފަންތިއެއްގައިވެސް ޒުވާނުންގެ ބައިވެރިވުން އޮތުމަކީ ތަރައްޤީއަށް މަގުފަހިވާނެކަމެއް: ރައީސް

ފަތުރުވެރިކަމުގެ ދާއިރާގެ ޒުވާނުންގެ ގެދޮރުވެރިކަމަށް ވަރަށް ބޮޑަށް އިސްކަންދޭނަން: ރައީސް

TTH_advertisement