ކުއްލި ޚަބަރު

ކުށްތައް މަދުކުރުމަށްޓަކައި ސައިބަރ ސެކިއުރިޓީއާއި ގުޅޭ ޤާނޫނެއް އެކުލަވާލަނީ

އެންމެ ގިނައިން ހުށައެޅޭ އެއް މައްސަލައަކީ ސައިކަލް ވަގަށް ނެގުން، ރަނގަޅަށް ލޮކު ކުރޭ: ފުލުހުން

ދެ އަހަރު ފަހުން ކޮންމެ ރައްޔިތެއްގެ އަތުގައި އޮންނާނީ ޑިޖިޓަލް އައިޑީކާޑެއް: ރައީސް

ހުރިހާ ފަންތިއެއްގައިވެސް ޒުވާނުންގެ ބައިވެރިވުން އޮތުމަކީ ތަރައްޤީއަށް މަގުފަހިވާނެކަމެއް: ރައީސް

ޤައުމުގެ ހުރިހާ ފަންތިއެއްގައިވެސް، ނިންމުންތައް ނިންމާ މަޤާމުތަކުގައި ޒުވާނުންގެ ބައިވެރިވުން އޮތުމަކީ ދެމެހެއްޓެނިވި އަދި މާނަވީ ތަރައްޤީއަށް މަގުފަހިވާނެކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޒުވާނުންގެ ކުރިއެރުމަށް މުހިއްމު ގިނަ ކަންތައްތަކެއް ސަރުކާރުން ކުރައްވަމުންދާކަމަށެވެ.

“ޔޫތު ކޮފީ ވިތް ޕްރެޒިޑެންޓް”ގައި ޒުވާނުން ހުށައެޅި ބައެއް ކަންކަމާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ޤައުމުގެ ކަންކަން ނިންމުމަށް ޒުވާނުންގެ ބަސް ވަރަށް މުހިއްމުކަމަށެވެ. އެހެންނަމަވެސް މީގެކުރިން ރާއްޖޭގައި ކަންވެފައިއޮތީ ޒުވާނުންނަށް ބޮޑެތި ފުރުސަތުތަކެއް ފަހިވާގޮތަށް ނޫންކަމަށާއި، ނަމަވެސް މިސަރުކާރުން މަސައްކަތްކުރާނީ އެކަން ބަދަލުކުރުމަށްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޮންމެ ފަންތިއެއްގައި ނިންމުންތައް ނިންމުމުގައި ޒުވާނުންގެ ބައިވެރިވުން ހިމެނުމަކީ ނުވަތަ އެކަމުގެ ފުރުސަތު އޮތުމަކީ ދެމެހެއްޓެނިވި އަދި މާނަވީގޮތެއްގައި ތަރައްޤީއަށް ވާޞިލުވުމަށް މުހިއްމުކަމެއްކަމަށެވެ.

“ޔޫތް ޕާލިމަންޓްގެ ކޮންސެޕްޓް ވަރަށް ބިނާކުރަނިވިކަމެއް، ކޮންމެ އަތޮޅަކުން އެކިދާއިރާތަކުން ޒުވާނުންނަށް ބައިވެރިވުމުގެ ފުރުސަތު އޮންނަންވާނެ. އަޅުގަނޑު ބަލާނަން ތިކަން ކުރެވޭނެ ގޮތްތައް، ސީރިއަސްކޮށް ވިސްނާނެކަމެއް.” ރައީސް

ޒުވާނުންގެ ކޮންފަރެންސަށްފަހު ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ޕްރެޒެންޓޭޝަންތަކާއެކު ޒުވާނުންވަނީ ހުށައެޅުންތައް ހުށައަޅާފައެވެ. “ޔޫތް ކޮންފަރެންސް ވިތް ޕްރެޒިޑެންޓް”ގައި ރައީސްވަނީ ޒުވާނުން ހުށައަޅާފައިވާ މުހިއްމު ގިނަ ކަންކަމަށް ހައްލު ގެނެސްދެއްވުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

ކުށްތައް މަދުކުރުމަށްޓަކައި ސައިބަރ ސެކިއުރިޓީއާއި ގުޅޭ ޤާނޫނެއް އެކުލަވާލަނީ

އައްޑޫއާ މާލޭގައި ރޭސިން ޓްރެކް އަޅަނީ، މާލޭގައި އަޅާނީ މާލޭން ހުޅުމާލެއަށް ދާން މި އޮންނަ ހައިވޭގެ ބޭރުން

Big 7aso5bimviajmzlaz51jlhgjs

ދެ އަހަރު ފަހުން ކޮންމެ ރައްޔިތެއްގެ އަތުގައި އޮންނާނީ ޑިޖިޓަލް އައިޑީކާޑެއް: ރައީސް

ފަތުރުވެރިކަމުގެ ދާއިރާގެ ޒުވާނުންގެ ގެދޮރުވެރިކަމަށް ވަރަށް ބޮޑަށް އިސްކަންދޭނަން: ރައީސް

TTH_advertisement