ކުއްލި ޚަބަރު

އެމްޕީއެލް މުވައްޒަފަކު ފިޓު ޖެހުމުގެ ސަބަބުން މަރުވެއްޖެ

ތަޢުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި އައިންތު މިސް ނިޔާވެއްޖެ

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި

ކުރިއަށް އޮތް ފަސް ދުވަހުވެސް ވައި ނުސާފުވާނެ: މެޓް އޮފީސް

ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ ވައި ނުސާފުވާނެ ކަމުގައި ބެލެވޭކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

ދުން ފުހުގެ އަސަރު ކުރުމުގެ ސަބަބުން މާލޭ ސަރަަހައްދުގެ ވައި ސިއްހީ ގޮތުން ނުރައްކާވާ މިންވަރަށް އިއްޔެ ނުސާފުވިއެވެ. އިރުވައި މޫސުމާއެކު މިހާރަކަށް އައިސް އާއްމުކޮށް ކޮންމެ އަހަރަކުވެސް ރާއްޖޭގެ ވައިނުސާފުވެއެވެ. އެއީ ރާއްޖޭގެ އަވައްޓެރި ބައެއް ގައުމުތަކުން ރާއްޖެއަށް އަންނަ ދުން ފުހުގެ ސަބަބުން އުފެދޭ މައްސަލައެކެވެ.

މި އަހަރުވެސް އިރުވައި މޫސުން ފެށުމާއެކު ދުން ފުހުގެ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކުރިއިރު، އެ މައްސަލަ އެންމެ ބޮޑުވީ އިއްޔެކަމަށް މެޓު އޮފީހުން ބުނެއެވެ.

އެގޮތުން އިއްޔެ ދުރު ފެންނަ މިންވަރު ދެ ކިލޯމީޓަރަށް ވެއްޓުނުކަމަށް އެ އިދާރާއިން ބުނެއެވެ. އަދި އެކަމުގެ ސަބަބުން ކަނޑުދަތުރުކުރާ މީހުންނާއި އެކި ހަރަކާތްތަކުގައި ބޭރު ތެރޭ އުޅޭ މީހުން އެކަމަށް ސަަމާލުވުމަށްވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކުރިއެވެ.

ވިލިމާލޭގައި ގާއިމުކޮށްފައިވާ ސެންޓަރ ފޯ މެރިޓައިމް ސްޓަޑީސްގެ ވައިގެ ކޮލިޓީ ދެނެގަންނަ ނިޒާމުން ދައްކާ ގޮތުން މި ސަރަހައްދުގެ ވައިގެ ފެންވަރު ނުވަތަ ކޮލިޓީ ހުރީ 126 ގައެވެ. އެއީ ނާޒުކު ހާލަތްތައް މެދުވެރިވެފައިވާ މީހުންނާއި އެހެން މީހުންނަށްވެސް ނޭވާލުމުގެ މައްސަލަތައް ކުރިމަތިވެދާނެ ހާލަތެކެވެ.

މި ހާލަތު ކުރިމަތުވުމުން އަޅަންޖެހޭ ފިޔަވަޅުތަކުގެ ގޮތުގައި އެޗްޕީއޭއިން ފާހަގަކުރި ކަންކަމުގެ ތެރޭގައި ނާޒުކު ހާލަތްތައް މެދުވެރިވެފައިވާ މީހުން ބޭރަށް ނިކުންނައިރު މާސްކު އެޅުމާއި، ބޭރުގެ ނުސާފު ވައި ގެދޮރަށް ނުވަންނާނެހެން ދޮރުތަކާއި ކުޑަދޮރުތައް ލައްޕައި ބަންދުކުރުމާއި، ގޭތެރޭގައި އެއާ ޕިއުރިފަޔާ ބޭނުންކުރުމާއި، ނާޒުކު ހާލަތްތައް މެދުވެރިވެފައިވާ މީހުން ބޭރު ތެރޭ ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ހަރަކާތްތައް ވަގުތީ ގޮތުން މަޑުޖައްސައިލުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އުތުރާއި މާލެ ސަރަޙައްދަށް ނުރައްކާތެރި މިންވަރަކަށް އަނެއްކާވެސް ވައި ނުސާފުވެއްޖެ

އަނެއްކާވެސް ރާއްޖޭގެ ވައި ނުސާފުވެ ޢާންމުން ސަމާލުވާން އެދިއްޖެ

މާލެ ސަރަހައްދުގައި އާދަޔާ ޚިލާފަށް ވައި ނުސާފުވެ، ރެޑް އެލާޓްގައި

moosun

އަންގާރައިން ފެށިގެން މޫސުން އަލިވާނެ

TTH_advertisement