ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ޕީއެންސީގެ ޕްރައިމަރީ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފި

އަންނަ އަހަރު އޭޕްރީލް 4 ގައި ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ ކޮމިޓީތަކުގެ އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ވެރިކަން ކުރާ ޕީއެންސީން އަންނަ ހޮނިހިރު ދުވަހު ޕްރައިމަރީ ބާއްވަން ނިންމައިފި އެވެ. ޕީއެންސީން ނެރުނު އިއުލާނެއްގައި ބުނާ ގޮތުން، މި ޕްރައިމަރީގައި ކައުންސިލްތަކަށް 183 އަދި އަންހެނުންގެ ކޮމިޓީތަކަށް 121 ހިމެނޭ ގޮތުން ޖުމްލަ 308 ކެންޑިޑޭޓުން ވާދަކުރާނެ އެވެ.

އިންތިހާބަށް ޕީއެންސީން ކަނޑައަޅާފައިވާ މެނޭޖަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވީ ހުރިހާ ދާއިރާއަކަށް އެ ޕާޓީގެ ކެންޑިޑޭޓުން ވާދަކުރާނެ ކަމަށާއި ޕްރައިމަރީއަކަށް ނުގޮސް ޓިކެޓް ލިބުނު ކެންޑިޑޭޓުންނަށް އެކަން ޕޯޓަލް އިން އެންގޭނެ ކަމަށެވެ. މި ފަހަރު ޕީއެންސީން ނިންމާފައި ވަނީ ކޮންމެ މީހަކު ނިސްބަތްވާ ރަށެއްގައި ވޯޓުލުން ބާއްވާށެވެ. ޕްރައިމަރީއާ ގުޅޭ ޝަކުވާއެއް ހުށަހެޅުމަށް ހާއްސަ ނަމްބަރު 9323686 އަށް ހޯމަ ދުވަހުގެ ރޭ ހުޅުވާލައިފި އެވެ.

ޕީއެންސީން ލަފާކުރާ ގޮތުގައި 26،000 މީހުން ޕްރައިމަރީގައި ވޯޓުލާނެ އެވެ. ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމެޓީ އިންތިހާބުގައި ޖުމްލަ 1،362 މީހުން އިންތިހާބުކުރާއިރު، އިދިކޮޅު އެމްޑީޕީން ވެސް އަންނަ މަހުގެ 16 ގައި ޕްރައިމަރީ ބާއްވަން ތައްޔާރުވަމުން އަންނަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC09861

އެމްޑީޕީގެ ސިޔާސަތުތައް ވަނީ ބާވެ މުސްކުޅިވެފައި: ފަލާހު

66

ކައިރިކައިރީ އިންތިޚާބުތައް އޮތުމުން ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަންކުރަން އެކަށީގެންވާ ފުރުސަތެއް ނުލިބޭ: އާދަމް ޝަރީފް

އެންމެ ގާބިލު ކެންޑިޑޭޓުން ވާދަކުރަނީ ޕީއެންސީގެ ޓީކެޓުގައި: ފަލާހު

pnc office

ޝަފީއާގެ ރައްދު ސިޓީ ކައުންސިލަށް: ޕީއެންސީގެ އޮފީސް ހަދަން ހުއްދަ އޮންނާނީ ނަގާފައި

TTH_advertisement