ކުއްލި ޚަބަރު

މާފަރު އެއާޕޯޓްގެ އޭޕްރަންއަށް އިތުރުކުރި ސަރަހައްދު ހުޅުވައިފި

ގުރައިދޫ ކައިރިން ކިނބުލެއް ހިފައިފި

ކިނޮޅަހުގައި އެންމެ ފަހުގެ ސޯލާގެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ފަށައިފި

މާފަރު އެއާޕޯޓްގެ އޭޕްރަންއަށް އިތުރުކުރި ސަރަހައްދު ހުޅުވައިފި

Ii

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އޭޕްރަންއަށް އިތުރުކުރި ސަރަޙައްދު ހުޅުވާ، ޓަރމިނަލްގެ ޖާގަ އިތުރު ކުރުމަށްޓަކައި 2 ފަންގިފިލައިގެ ޢިމާރާތެއް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބިންގާ އަޅައިފިއެވެ.

އޭޕްރަންއަށް އިތުރުކުރި ބަޔާއެކު މިހާރު މާފަރު އެއާޕޯޓުގައި އެއްފަހަރާ 35 އެއާ ކްރާފްޓު ޕާކު ކުރެވޭނެއެވެ.

މާފަރު އިންޓަނޭޝަނަލް އެއަރޕޯޓަކީ، އައިލެންޑް އޭވިއޭޝަން ސަރވިސްގެ ދަށުން ޚިދުމަތްދެމުން އަންނަ އެއާޕޯޓެކެވެ. މިއަހަރުގެ ފަތުރުވެރިކަމުގެ ހައި ސީޒަނާ ދިމާކޮށް، މާފަރު އެއާޕޯޓުގެ އޭޕްރަންއަށް އިތުރުކުރި ސަރަޙައްދު ހުޅުވީ މިއަދު އެވެ.

އައިލެންޑް އެވިއޭޝަނުން ބުނީ، މާފަރު އެއާޕޯޓުގެ ޓާމިނަލްއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ގެނައުމަށްޓަކައި، އިތުރު ޓާމިނަލް ޢިމާރާތެއް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ބިންގާވެސް މިއަދު އަޅާފައިވާ ކަމަށެވެ.

ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްގެން ދެ ފަންގިފިލައަށް ތަރައްޤީ ކުރާ މިޢިމާރާތުގައި 12000 އަކަފޫޓޫ ހުންނާނެ ކަމަށް އެކުންފުނިން ބުންޏެވެ. މިޢިމާރާތާއެކު އިތުރު ލައުންޖުތަކާއި އަދި އޮފީސް ޢިމާރާތް އިތުރަށް ފުރިހަމަކޮށް ޚިދުމަތް މިހާރަށްވުރެ ފުޅާކުރެވޭނެއެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ، ރާއްޖޭގައި ދެވަނައަށް އެންމެ ގިނައިން ބައިނަލްއަޤުވާމީ އެއާލައިންތަކަށް ޚިދުމަތްދެމުން ދާ އެއާޕޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މާފަރު އެއަރޕޯޓުގެ ޓާމިނަލް ބޮޑުކޮށް ހޮޓަލެއް ތަރައްޤީކުރާނަން: ރައީސް

TTH_advertisement