ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ތިލަފުށީގައި ކީ ވޯލެއް ހަދާނެ ބަޔަކު ހޯދަނީ

Thilafushi

މާލެ އަތޮޅު ތިލަފުށީގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ “ލޯކަލްް ހާބަރ ރިލީފް ޕްރޮޖެކްޓް”ގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ތިލަފުށީގައި ކީވޯލެއް ތަރައްޤީކުރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލައިފިއެވެ.

މި މަޝްރޫޢަކީ އެމްޕީއެލްގެ މާސްޓަރޕްލޭންގެ ދަށުން މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށާއި، ބޮޑެތި އުޅަނދުފަހަރަށްވެސް ބަނދަރުކުރެވޭނެފަދަ ޒަމާނީ ބަނދަރެއް ތަރައްޤީކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މާލޭގެ ވިޔަފާރި ބަނދަރުން މިހާރު ދަނީ ކެޕޭސިޓީއަށްވުރެ އިތުރަށް ޚިދުމަތް ދެމުންނެވެ. އެގޮތުން މި މައްސަލައަށް ދާއިމިީ ހައްލެއް ހޯދާދިނުމަށް އެމްޕީއެލުން ވަނީ ތިލަފުށީގައި ރާއްޖޭގެ މައި ވިޔަފާރި ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައެވެ. 250 މިލިޔަން ޑޮލަރުގެ މި މަޝްރޫޢު ކުރިއަށްގެންދަނީ އެކި ފިޔަވައްސަށް ބަހާލައިގެންނެވެ.

މި މަސައްކަތުގެ ދަށުން ތިލަފުށީގައި ހުސް ކޮންޓެއިނަރު ބެހެއްޓުމަށް ހެދި 60 މީޓަރުގެ ކީވޯލްގެ މަސައްކަތް ނިމި، މިހާރު މިވަނީ ތިލަފުށީގައި ވިޔަފާރި ބަނދަރު ތަރައްޤީކުރުމުގެ ޕްރޮޖެކްޓްގައި ހިމެނޭ “ލޯކަލްް ހާބަރ ރިލީފް ޕްރޮޖެކްޓް”ގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ތިލަފުށީގައި 100 މީޓަރުގެ އިންޓަރނޭޝަނަލް ކީ އެއް ޑިޒައިންކޮށް ތަރައްޤީކުރުމާއި، 650 މީޓަރުގެ ޑޮމެސްޓިކް ކީވޯލް އާއި ބޭސިން ޗެނަލްގެ ސަރވޭކޮށް، ޑީޓެއިލްޑް ޑިޒައިން ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައެވެ.

ބޭރުގެ ބޯޓު ފަހަރުތަކަށް ހާއްސަ 100 މީޓަރުގެ ކީވޯލެއް
• ތިލަފުށީގައި ތަރައްޤީކުރުމަށް ރާވާފައިވާ 100 މީޓަރުގެ ކީވޯލް އަކީ ރާއްޖޭން ބޭރުން މުދާ ހިފައިގެން އަންނަ ބޮޑެތި ބޯޓު ފަހަރަށް ކައިރިކުރެވޭނެގޮތަށް، ފުންމިނުގައި 14.3 މީޓަރުގައި ހިމެނޭ ކީއެއް.
• އިީ.އޯ.އައި ހުޅުވާލާފައިވަނީ މި ކީގެ ކޮންސްޓްރަކްޝަން، އިންޖިނިއަރިންގ އަދި ޕްރޮކިއުމަންޓް ހިމެނޭ ގޮތަށް.
• މި ކީއަކީ މާލޭ ވިޔަފާރި ބަނދަރުގައި މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ލުއިތަކެއް ހޯދުމަށް ތަރައްޤީކުރާ ކީއެއް.
• މި ކީ ބޭނުންކުރެވެން ފެށުމުން، މާލޭ ވިޔަފާރި ބަނދަރުގެ ބައެއް އޮޕަރޭޝަންސްތައް މި ތަނަށް ބަދަލުކުރެވޭނެ.
• މި ކީ ތަރައްޤީކުރުމުގެ ޕްރޮޖެކްޓަކީ ތިލަފުށީގައި ތަރައްޤީކުރުމަށް ހުށަހަޅާފައިވާ މައި ވިޔަފާރި ބަނދަރުގެ ޕްރޮޖެކްޓްގެ ބައެއް.

650 މީޓަރުގެ ޑޮމެސްޓިކް ކީވޯލް
• މިހާރު ހުޅުވާލާފައިވަނީ ތިލަފުށީގައި 650 މީޓަރުގެ ޑޮމެސްޓިކް ކީއެއްގެ ސާރވޭކޮށް، ޑިޒައިންކުރާން.
• މިއީ މާލެ ކޮމާޝަލް ހާބަރަށް ބޭލޭ މުދާ ޑިސްޓްރިބިއުޓް ކުރުމަށް ހަދާ ކީއެއް.
• މިއީ “ލޯކަލް ހާބަރ ރިލީފް” ޕްރޮޖެކްޓްގެ ދަށުން މާލޭގައި މިހާރު އޮތް މާލޭ ނޯތު ހާބަރ އާއި މާލޭ ސައުތު ވެސްޓް ހާބަރގެ އޮޕަރޭޝަންސްތަކަށް ލުޔެއް ހޯދައިދިނުމަށް ކުރެވޭ މަސައްކަތެއް.

މި މަސައްކަތްތައް ހިންގުމަށް އެމްޕީއެލް އިން ބީލަމަށް ހުޅުވާލާފައިވަނީ ދިވެހި އަދި ބައިނަލްއަޤްވާމީ ކޮންޓްރެކްޓަރުންނަށާއި، ޖޮއިންޓް ވެންޗަރތަކަށެވެ.

ލޯކަލް ހާބަރ ރިލީފް ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަަކަށް އީއޯއައި ފޯމު ހުށަހެޅުމަށް ހުޅުވާލާފައިވަނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 6ވަނަ ދުވަހުގެ މެންދުރު 14:00އަށެވެ. އަދި މި ސުންގަޑި ހަމަވުމަށް ފަހު ހުށަހަޅާ އެއްވެސް ފޯމެއް ބަލައިނުގަނެވޭނެ ކަމަށް އެމްޕީއެލްއިން ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ތިލަފުށީގައި ޤާއިމްކުރުމުގެ މަސައްކަތައް ގާތްގަނޑަކަށް 2 އަހަރު ދުވަހުގެ މުއްދަތެއް ނަގާނެ ކަމަށާއި، ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ ފުރަތަމަ ފިޔަވަހީގެ ހުރިހާ މަސައްކަތްތަކަށް 150 މިލިޔަނެއްހާ ޑޮލަރު ހޭދަވާނެ ކަމަށް އެމްޕީއެލުން ވިދާޅުވެއެވެ. އަދި ވިޔަފާރި ބަނދަރު ތިލަފުށްޓަށް މުޅިން ބަދަލުކުރުމުގެ މަރުޙަލާތައް 10ވަރަކަށް އަހަރަށް ދެމިގެންދާ ކަމަށްވެސް އެމްޕީއެލުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 02 07 at 19.51.45

ހިތަދޫ ވިޔަފާރި ބަނދަރުގައި ކާބޯތަކެއްޗާއި އަސާސީ މުދާ ޑިއުޓީ ފްރީކޮށް ބަހައްޓަން އެއްބަސްވުމެއްގައި ސޮއިކޮށްފި

778

އެމްޕީއެލް އިން ލޮޖިސްޓިކްސްގެ ހިދުމަތް ރަސްމީކޮށް ފަށައިފި

WhatsApp Image 2026 02 05 at 16.35.13

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މުހިންމު މަސައްކަތެއް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

778

އެމްޕީއެލްގެ ލޭ ހަދިޔާކުރުމުގެ ހަރަކާތް ފަށައިފި

TTH_advertisement