ކުއްލި ޚަބަރު

ޕާކިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަށުކަށި އިބާރާތުން ކުށްވެރިކޮށްފި

ނިއުމޯނިއާ ޖެހިގެން ގައިދީއަކު މަރުވެއްޖެ

ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ 3 ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު

އޭދަފުށީ ފަތާ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ކުރިއަށްދަނީ

ބ.އޭދަފުށީގެ ފަތާ ސަރަހައްދު ތަރައްްގީކުރުމުގެ މަޝްރޫއުގެ ދަށުން، އެ ސަރަހައްދު ފުން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓިސީސީން ބުނީ މި މަޝްރޫއު އަވަސް މުއްދަތެއްގައި ނިންމުމަށްޓަކައި އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އޭދަފުށީގެ ފަތާ ސަރަހައްދު ތަރައްގީ ކުރުމުގެ މަޝްރޫއު އޭދަފުށީ ކައުންސިލުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ މެއި މަހު އެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަހުމަދު ސައުދީ އެވެ. އަދި އޭދަފުށި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުހައްމަދު ފާތިހު އެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި ފަތާ ސަރަހައްދެއް ތަރައްގީ ކުރުމަށްޓަކައި ފަޅު ތެރެއިން 15,914 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމުގެ އިތުރުން 160 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 60 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ބޭރު ތޮށި ޖެހުމާއި، 70 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތްވެސް ހިމެނެ އެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 150 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 4.63 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއު ނިމުމުން އޭދަފުށީގެ ރައްޔިތުންނަށް ރައްކާތެރި ގޮތެއްގައި ފަތާ ސަރަހައްދެއް ލިބިގެންދާނެ އެވެ. އަދި މި މަޝްރޫއު ވެގެންދާނީ އެ ރަށުގެ ޒުވާނުންނަށާއި ކުޅިވަރުގެ ދާއިރާއަށް ލިބިގެންދާނެ ވަރަށް މުހިންމު ކުރިއެރުމެއް ކަމަށް އެރަށުގެ ކައުންސިލުން ގަބޫލު ކުރައްވަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާން ރޯދައިގެ ކުރިން ހުޅުވަނީ

778

އޭދަފުށީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު މަރުވެއްޖެ

ވެލިދޫ ބިން ހިއްކުމުގެ މަސައްކަތުގެ %90 މަސައްކަތް ނިމިއްޖެ

ބާޒާރުމަތީ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާނެ: އެމްޓީސީސީ

TTH_advertisement