ކުއްލި ޚަބަރު

ކުއްލި: ހުރިހާ މުއާމަލާތެއް މެދުކަނޑާލައިފި، އެމެރިކާއިން އީރާނަށް ހަމަލާދޭން އުޅޭކަމުގެ ރިޕޯޓްތައް ފެތުރެނީ

ވާދޫ ފަރަށް ކޮޅުވެއްޓިއެއް އަރައި ގެއްލުންތަކެއް ވެއްޖެ

ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް އަމިއްލައަށް ވޯޓުލާން ރަޖިސްޓްރީވާން ހުޅުވާލައިފި

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ބީއެމްއެލް އިން މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި

Whatsapp image 2025 12 17 at 12.23.41

ބީއެމްއެލް އިން ދިވެހިރާއްޖޭގެ ޑިޖިޓަލް ޕޭމަންޓުގެ ހައްލުތައް ހަރުދަނާކުރުމަށާއި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މުހިންމު 2 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމަކީ ބީއެމްއެލް، ވީޗެޓް ޕޭ (އިން ވޭސިންގ ޕޭ) އަދި ވިޒިޓް މޯލްޑިވްސް އާ ދެމެދު ވެފައިވާ ސްޓްރެޓީޖިކް އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ.

އެގޮތުން ރާއްޖެ މާކެޓު ކުރުމާއި ރާއްޖެ އާއި ފަތުރުވެރިންގެ ގުޅުންތައް އިތުރުކުރުން ހިމެނެއެވެ. އަދި ހަމައެހެންމެ މުޖުތަމައުގައި ޑިޖިޓަލް ހަރަކާތްތައް އިތުރުކުރުމާ، ރާއްޖޭގައި ފަތުރުވެރިކަން ކުރިއެރުވުމަށް ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވެއެވެ. އަދި ހަމައެހެންމެ، ދިވެހި އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް ފައިސާގެ މުއާމަލާތްތަކުގައި ބަޔޯމެޓްރިކްސްފަދަ އީޖާދީ ގޮތްތައް ބޭނުންކޮށްގެން ލުއިފަސޭހަކަމާއެކު ފައިސާ ދެއްކުމަށް ހުރި ފުރުސަތުތައް މުރާޖައާ ކުރަމުންދާނެއެވެ.

ފަތުރުވެރިކަން ކުރިއެރުވުމަށް ސޮއިކުރެވުނު މި އެއްބަސްވުމާއެކު ކުރެވޭ މަސަައްކަތަކުގެ ތެެރެއިން ޗައިނާގެ ފަތުރުވެރިންނަށް ފައިސާގެ މުއާމަލާތްކުރުމުގައި ފަސޭހަ އަދި ފުރިހަމަ ތަޖުރިބާއެއް ހޯދައިދިނުމަށް ޚާއްސަ އަހަަންމިއްޔަތެއް ދެވޭނެކަމަށް މައުލޫމާތު ދީފައިވެއެވެ.

ރާއްޖޭގެ ޑިޖިޓަލް އީކޯސިސްޓަމް ހަރުދަނާކުރުމަށް، ބީއެމްއެލް އާއި ވީޗެޓް ގުޅިގެން ވޭސިންގ ޕޭ އިކޯސިސްޓަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަނެއް ބާއްވާފައިވެއެވެ.

 ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރިން، ވޭސިންގ ޕޭ ބޭނުންކޮށްގެން ފަސޭހަކަމާއެކު ޑިޖިޓަލް ޕޭމަންޓް ހެދޭނެ ގޮތްތައް ހިއްސާކޮށްފައިވެއެވެ. އަދި އެ ޚިދުމަތްތައް ބޭނުންކޮށްގެން ފަތުރުވެރިންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މި ސެޝަނުގައި ބައިވެރިވި ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ރިސޯޓުތަކުގެ މަންދޫބުންނަށް މައުލޫމާތު ދީ އެކަމާ ގުޅޭ މަޝްވަރާތަކެއް ވަނީ ކުރިޔަށްގެންގޮސްފައެވެ.

“ވޭސިންގ ޕޭ އަދި ވިޒިޓް މޯލްޑިވްސް އާއި ގުޅިގެން ފަތުރުވެރިންނާއި ވިޔަފާރިތަކަށް ފައިސާދެއްކޭނެ އީޖާދީ އަދި ރައްކާތެރި ގޮތްތައް ހަމަޖެހިގެން ދިއުމަކީ އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް. ބަޔޯމެޓްރިކް ބޭނުންކޮށްގެން ފައިސާދެއްކޭ ފަދަ ޓެކްނޮލަޖީތަކާ އެކު ފަތުރުވެރިންނަށް ފައިސާގެ މުއާމަލާތްތައް ކުރުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެގެންދާނެ. މީގެ ސަބަބުން އެކި ގައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ފުރިހަމަވެ ފަތުރުވެރިންގެ އުންމީދުތައް ހަގީގަތަކަށް ހަދައި ފަތުރުވެރިކަން ކުރިއެރުމަށް އެހީތެރިވެދޭނެ.” ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Image 20

ބީއެމްއެލް އިން 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފި

Whatsapp image 2026 01 05 at 17.02.16

ބީއެމްއެލް އިން މެލޭޝިއާގެ ލެގޯލޭންޑަށް އާއިލީ ދަތުރެއް ހޯދުމުގެ ފުރުސަތުލިބޭ ޕްރޮމޯޝަނެއް ފަށައިފި

bml

ބީއެމްއެލުން ސްވައިޕްގެ ބީޓާ ޓެސްޓިން މަރުހަލާ ފަށައިފި

Whatsapp image 2025 12 30 at 10.18.41

ބޭންކް އޮފް މޯލްޑިވްސްއިން ސްވައިޕްގެ ބީޓާ ޓެސްޓިން ފަށައިފި

TTH_advertisement