ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

މަސްވެރިކަމާ ބެހޭ ވަޒީރު ޝިޔާމް ދުވާފަރަށް ވަޑައިގެންފި

990

2025 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހާގަ ކުރުމުގެ ގޮތުން ރ. ދުވާފަރުގައި ބައްވާ ހަރަކާތްތަކާއި ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ދުވާފަރަށް ވަޑައިގަންނަވައިފިއެވެ.

ވަޒީރަށް ދުވަފަރުން މަރުހަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރަގެ މެމްބަރު މުހައްމަދު އަލީ އާއި ދުވާފަރު ކައުންސިލްގެ ރައީސްއާއި ކައުންސިލްގެ އިސްވެރިންނާއި ބައެއް ކުންފުނިތަކުގެ އިސްވެރިންނެވެ.

ވަޒީރު ޝިޔާމް ދުވާފަރަށް ވަޑައިގަތުމުން ރަށުގެ ރައްޔިތުން ސަގާފީ ހަރަކާތްތަކާއި އެކު އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ވަނީ ދަންނަވާފައެވެ.

މީގެ އިތުރުން ވަޒީރު ވަނީ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކާއި ގުޅޭ ގޮތުން ދުވާފަރު ކައުންސިލާވެސް ބައްދަލުކުރައްވާފައެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ދުވާފަރުގައި ވަރަށް ކުލަ ގަދަކޮށް ފާހަގަކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދުވާފަރުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި މަސްވެރިންގެ ފޯރަމްއާއި މުޅި ރ އަތޮޅަށް ހުޅުވާލައިގެން ބާއްވާ މަސް ރޭހާއި ކުޑަކުދިންނަށް ހާއްސަކޮށް ބައްވާ ކުޑަކުދިންގެ ހަވީރާއި މަސްކެނޑުމުގެ މުބާރާތެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހާއި ހަމައަށް މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Izaam

ދުވާފަރަށް މަސްތުވާތަކެތި ގެންދަން އުޅުނު ތިން މީހަކު ހައްޔަރުކޮށްފި

990

މިނިސްޓަރު ޝިޔާމާ ބައްދަލުވުމުން ލިބުނީ ޕޮޒިިޓިވް ޖަވާބެއް، މަސްވެރިން ތިބީ އުފަލުން!

448288 12a0cc8e 2

ބޮޑު ކަންންނެލި މަސްވެރިންނާ މިނިސްޓަރު ޝިޔާމް މިއަދު ބައްދަލުކުރައްވަނީ

މަސްކެނޑުމުގެ މުބާރާތުގެ 1 ވަނަ ޢަލީ ނައީމާއި އައިޝަތު ޢަލީއަށް

TTH_advertisement