އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހޫގޯ ޓޮން، ރާއްޖޭގެ މައިގަނޑު ސިޔާސީ ޕާޓީތަކާ މިއަދު މާލެއަށް ހުންނަ އެމެރިކާ އެމްބަސީގައި ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުވުމުގައި ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް، އިދިކޮޅު އެމްޑީޕީ، އަދި އަދާލަތު ޕާޓީ އަދި ޖުމްހޫރީ ޕާޓީގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
އެމްބަސީން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި ބައްދަލު ކުރެއްވުމުގައި ދެ ގައުމުގެ ދެމެދު ގުޅުން އިތުރަށް ބަދަހިކުރުމަށް އެމެރިކާއިން ބޭނުންވާ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ. ރާއްޖެއާއި އެމެރިކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ 1965 ވަނަ އަހަރު އެވެ. ނަމަވެސް އެމެރިކާއިން ރާއްޖެއަށް ހާއްސަ ސަފީރެއް ކަނޑައެޅީ 2023 ވަނަ އަހަރު އެވެ.
ކިޔުންތެރިންގެ ހިޔާލު