ކުއްލި ޚަބަރު

ޓައިމް މެގަޒިންގެ ސިއްހީ ދާއިރާގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓަށް ރައީސް މުއިއްޒު

ޑްރަގް އެތެރެ ކުރި މައްސަލައެއްގައި ޕާކިސްތާން މީހަކު އުމުރަށް ޖަލަށް

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

ނަހުލާ ރަސްމީ ލިޔެކިޔުންތަކެއް ވީދާލި މައްސަލަ ފުލުހަށް ހުށަހަޅައިފި

councilor nahula ali

ވިލިމާލޭ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ، މާލޭ ސިޓީ ކައުންސިލުގައި ހުރި ލިޔެކިޔުންތަކެއް ވީދާލި މައްސަލައެއް ފުލުހަށް ހުށަހަޅައިފިއެވެ.

ނަހުލާ ލިޔެކިޔުންތަކެއް ވީދާލި މައްސަލައިގައި ވީޑިއޯ ފުޓޭޖު ވެސް މިހާރު ވަނީ އާންމުވެފައެވެ. އެ ވީޑިއޯ އިން ފެންނަނީ މުވައްޒަފެއްގެ އަތުން ލިޔެކިޔުންތަކެއް ހޯދައިގެން، އެ ލިޔުންތައް ނަހުލާ ވީދާލާ މަންޒަރެވެ.

މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ރަސްމީ ލިޔުމެއް އިރާލުމަކީ ޖިނާއީ ކުށެއް ކަމަށާއި ނަހުލާ ވަނީ ރަސްމީ ދެ ލިޔުމެއް އިރާލާފައި ކަމަށެވެ. އަދި ކައުންސިލަރުންނާ މިހާރު ހިއްސާކޮށްފައިވާ ވީޑިއޯ އިން އެ ފެންނަނީ އެ މަންޒަރު ކަމަށް މޭޔަރު ވިދާޅުވިއެވެ.

“ރާސްރާސް ލައިގެން ވަދެގެން ގޮސް މުވައްޒަފުން ކައިރިން އެއްޗެހި ހޯދައިގެން އެކަމެއް ނުކުރެވޭނެ. އެއީ ގާނޫނާ ހިލާފު ކަންތައްތައް. އެހެންވީމާ އަޅުގަނޑު އެލްޖީއޭއަށް ވެސް ލިޔެފައި އޮންނާނެ މިކަންތައްތައް. މިވަރުގެ ބޮޑު ގޯހެއް ހެދީމާ، އަޅުގަނޑުގެ ގާނޫނީ ޒިންމާއެއް އެކަން ތަހުގީގުކުރުމަށްޓަކައި ތަންތަނަށް ފޮނުވުން. އަޅުގަނޑުމެން މިހާރު އޮންނާނީ އެކަން ކޮށްފައި. ތަހުގީގުކުރަން އޮންނާނީ ފޮނުވާފައި،” މޭޔަރު ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެ މައްސަލައިގައި މިހާރު މުވައްޒަފުންގެ ބަޔާންތައް ވެސް ނަގާފައިވާނެ ކަމަށާއި އެ ބަޔާންތައް ފުލުހުންނާ ހިއްސާކުރާނެ ކަމަށެވެ. އަދި އެފަދަ ވިޔާނުދާ ކަންތައްތައް ކުރުމަށް ފުރުސަތު ނުދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

police

ހުއިފިލަނޑާތަކެއް ނީލަން ކިޔަން ނިންމީ ޕީޖީގެ ލަފާ ލިބިގެން: ފުލުހުން

police

ބިޒްނަސް އީމެއިލް ކޮމްޕްރޮމައިޒްކޮށްގެން ހިންގާ ސްކޭމްތަކަށް ސަމާލުވާން އެދިއްޖެ

ސުނާމީބިނާ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމަށް އަންގައިފި

ޑްރަގް މައްސަލައެއްގައި ނައިފަރުން ދެމީހަކު ހައްޔަރުކޮށްފި

TTH_advertisement