ކުއްލި ޚަބަރު

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ރައޫފާއި ޝަފީއު އައްޔަންކުރަނީ

އައްޑޫ ހިތަދޫގައި ސައިކަލުތަކެއްގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ގއ. ވިލިނގިލިން މީހަކު ހައްޔަރުކޮށްފި

ޑްރަގުގެ ވަބާވައިން ރާއްޖެ ސަލާމަތްކުރަން މުޅި ދައުލަތް މަސައްކަތް ކުރާކަމުގެ އިހުސާސް އެބަވޭ: އިހުސާން

minister ihusan

މިއީ ޑްރަގުގެ ވަބާވައިން ރާއްޖެ ސަލާމަތްކުރަން މުޅި ދައުލަތް އެއް ރޫހެއްގައި މަސައްކަތް ކުރާކަމުގެ އިހުސާސް ކުރެވޭނެ ދުވަހެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށާއި ޑުރަގުގެ ބޮޑެއް ދޫކޮށްލިކަމުގެ ތުހުމަތު ކުރާ ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު މަގާމުން ވަކިކުރަން މަޖިލީހުން ފާސްކުރި ޚަބަރު ޓެކް ކުރެއްވުމަށް ފަހު އިހުސާން ވިދާޅުވީ ފުލުހުންނާއި ވަކީލުންނާއި ފަނޑިޔާރުގެ ވެސް ހިމެނޭހެން އެންމެން ޖަވާބުދާރީ ޖެހޭ ކަމަށާާ އަދި ޖަވާބުދާރީ ކުރުވާނެކަން މިއަދު އިހުސާން ކުރެވޭ ކަމަށެވެ.

މިކަމަށްޓަކައި ދައުލަތުގެ އެންމެ އިސްވެރިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށް ދިވެހި އެންެމެހާ ރައްޔިތުން އަދި ދިވެހި ފުލުހުންގެ ނަމުގައި މިނިސްޓަރ އިހުސާން ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ. އަދި މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ނިންމުމަކީ މި ވަގުތަށް ވަރަށް މުހިންމު ނިންމުމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށާއި އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދޭން ސުޕްރީމް ކޯޓުން މައްސަލަ ބަލާ ފަނޑިޔާރުން އިއްތިފާގުވެއްޖެ ނަމަ އެ އަދަބު ކަނޑައެޅޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލިހުން މިއަދު ވަނީ ފާސްކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ބެންޗުން އިއްތިފާގު ނުވާ ހާލަތުގައި އިއްވަން ޖެހޭނީ އުމުރަށް ޖަލަށްލުމާ އެކު 100,000ރ. އިން ފެށިގެން 10,000,000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. މި ގާނޫނުގެ ދަށުން އުމުރު ދުވަހުގެ ޖަލު ހުކުމެއް އަތުވެއްޖެ ނަމަ ޕެރޯލްގެ ދަށުން ދުލެއް ނުކުރެވޭނެ އެވެ. އަދި އަދަބު ލުއިކޮށް މައާފު ވެސް ނުދެވޭނެ އެވެ. މީގެ އިތުރުން މިފަދަ މައްސަލަތަކުގައި ދައުލަތުން އިއުތިރާފުގެ އެއްބަސްވުމެއް ހަދައިގެން ނުވާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz police

ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންގެ ފުރިހަމަ އިތުބާރު ހޯދާނެ: އިހުސާން

ihusan

މީގެ ކުރިންވެސް ފުލުހުން އެލްއާރްއޭޑީ ބޭނުންކޮށްފައިވޭ: އިހުސާން

TTH_advertisement