ކުއްލި ޚަބަރު

ސްރީލަންކާއިން ޜާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ރިޒްވީގެ ޚާއްސަ ޝުކުރު ދިވެހި ރައްޔިތުންނަށް

ސްރީލަންކާގެ ރައްޔިތުންނަށް ދެ ލައްކަ ޑޮލަރުގެ އެހީއެއް ދިނުމަށް ސަން ސިޔާމް ނިންމަވައިފި

ތިން މީހުންނާއެކު ދަތުރުކުރި ދޯންޏެއް އަޑިއަށްދަނީ

މިއަދުވެސް ފެނިގެންމިދަނީ އެހީވުމުގެ ރީތި ސިފަ: އާދަމް ޝަރީފް

ދިވެހިންނަކީ އަވަށްޓެރި ޤައުމުތަކަށް އެހީ ބޭނުންވާ ވަގުތުތަކުގައި ނަމޫނާ ދައްކާ ބައެއް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ސިލޯނާއެކު ދިވެހިން ޓެލެތޯނަށް ސިޓީތަކާ ބެހޭ ވުޒާރާއިން ފައިސާ ހަދިޔާ ކުރެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައެވެ.
ވަޒީރު ވަނީ ދިވެހިންގެ ކިބައިގައި ހުރި އެހީވުމުގެ ރީތި ސިފަ ފާހަގަކުރައްވާ މިއަދުވެސް އެ ސިފަ ދިވެހިންގެ ފަރާތުން ފެންނަމުންދާ ކަމަށް ވިދާޅުވެއެވެ.

“މިފަދަ ހާލަތެއް އަވަށްޓެރި ޤައުމަކަށް ކުރިމަތިވާއިރު، ދިވެހިންގެ ފަރާތުން އަބަދުވެސް ފެންނަމުން މިދާ، އުޚުއްވަތްތެރިކަމާއި އަޅާލުމުގެ ރީތި ސިފަ، އެ ރިވެތި ސިފަ މިހާރުވެސް ދިވެހިންގެ ކިބައިން ފެންނަމުންދަނީ،” ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ ޕީއެސްއެމުން މިފަދަ ކަމެއް ކުރިއަށް ގެންދަވާތީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

“މިފަދަ މުހިއްމު ހާލަތްތަކުގައި މިފަދަ ކަމެއް ކުރިއަށްގެންދަވާތީ، ޕީއެސްއެމަށް ޝުކުރު ދަންނަވަން، ” ވަޒީރު ވިދާޅުވިއެވެ.

ލަންކާގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ޕީއެސްއެމުން އިސްނަގައިގެން ޓެލެތޯން އެއް ފެށީ މިއަދު ހެނދުނު 9 ޖެހިއިރުގައެވެ. އޭރު މި ޓެލަތޯން ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ މިރޭ 1 ޖެހުމާހަމައަށެވެ. ނަމަވެސް މިހާރު މިވަނީ މި ޓެލެތޯން ހުއްޓާ ނުލާ މާދަމާ މެންދުރު 2 ޖެހުމާހަމައަށް ކުރިއަށް ގެންދިޔުމަށް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކާރިސާ ޙާލަތްތަކުގައި ދިވެހިން އެންމެ ބޮޑަށް ބަރޯސާވާ އެއްބަޔަކީ ދަނޑުވެރިން: އާދަމް ޝަރީފް

muizzu-councils

ރައީސް މަސައްކަތްކުރައްވަނީ ކައުންސިލުތަކަށް މާލީ ބާރުވެރިކަން ހޯދައިދޭން: އާދަމް ޝަރީފް

121

15 ރަށެއްގައި އާންމު ޚިދުމަތް ދޭ ޔުނިޓްތައް ގާއިމްކުރަން ނިންމައިފި

ތަޢުލީމް އުނގެނުމަށްޓަކައި ކުރާ ހޭދައާއި ދޭ ވަގުތަކީ އެންމެ ރަނގަޅު އިންވެސްޓްމަންޓް: އާދަމް ޝަރީފް

TTH_advertisement