ކުއްލި ޚަބަރު

ޕާކިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަށުކަށި އިބާރާތުން ކުށްވެރިކޮށްފި

ނިއުމޯނިއާ ޖެހިގެން ގައިދީއަކު މަރުވެއްޖެ

ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ 3 ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު

ސިލޯނާއިއެކު ދިވެހީން: ވެމްކޯގެ ފަރާތުން އެއް ލައްކަ ރުފިޔާ ހަދިޔާކޮށްފި

ލަންކާއަށް އެރި ބާރުގަދަ ތޫފާނާއިއެކު އެގައުމަށް ބޮޑެތި ގެއްލުންތަކެއްވެ ބައިނަލަގްވާމީ އެހީއަށް އެދިފައިވާ ދަނޑިވަޅެއްގައި ރާއްޖެއިންވެސް ލަންކާއަށް އެހީވުމަށް ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން އިސްނަގައިގެން ރާއްޖޭގެ ގިނަ މީޑިއާތަކަކާއި ގުޅިގެން ފެށި ޚާއްސަ ޓެލެތޯންއަށް ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަންގެ ފަރާތުން 100،000 ދިވެހި ރުފިޔާ ހަދިޔާކޮށްފި އެވެ.

Wamco“ސިލޯނާއެކު ދިވެހީން”ގެ ނަމުގަ ޚާއްސަ ޓެލެތޯނެއް ފެށީ މިއަދު ހެނދުނު 9 ޖެހިއިރުއެވެ. މި ޓެލެތޯން މިރޭގެ މެންދަމު 1 އާއި ހަމައަށް ކުރިޔަށްދާނެ އެވެ. މިއީ ލަންކާއަށް އެރި ބާރުގަދަ ތޫފާނާއިއެކު އެގައުމަށް ބޮޑެތި ގެއްލުންތަކެއްވެ ބައިނަލަގްވާމީ އެހީއަށް އެދިފައިވާ ދަނޑިވަޅެއްގައި ރާއްޖެއިންވެސް ލަންކާއަށް އެހީވުމަށް ކުރިއަށްގެންދާ ޓެލެތޯނެކެވެ.

މި ޓެލެތޯންއަށް ވެމްކޯގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނީ މިއަދު ހަވީރު އެވެ. އެގޮތުން ޓެލެތޯން ކުރިޔަށްދާ ސްޓޫޑިއޯގައި އެހީ ޕީއެސްއެމްއާއި ހަވާލުކޮށްދެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލް އެވެ. އަދި ޕީއެސްއެމްގެ ފަރާތުން ރަމްޒީ ޗެކާއި ހަވާލުވެވަޑައިގެންނެވީ އެކުންފުނީގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް އަހުމަދު މުސްތަފާއެވެ.

މިހާތަނަށް އައިރު ބީއެމްއެލްއިން މި ޓެލެތޯންއަށް ޚާއްސަކޮށްފައިވާ ދިވެހި ރުފިޔާ އެކައުންޓަށް ވަނީ 2،114،750.31 ރުފިޔާ ލިބިފައެވެ. އަދި ޑޮލަރު އެކައުންޓަށް ވަނީ 37،874.00 ޑޮލަރު ލިބިފައެވެ.

މިޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ދިވެހި ރައްޔިތުންނަށާއި ޖަމްޢިއްޔާ، ޖަމާޢަތް، ކްލަބްތަކާއި އޮފީސްތަކަށް ވެސް ވަނީ ހުޅުވާލާފައެވެ.މި ޓެލެތޯނުގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބެހެއްޓުމުގެ އިތުރުން ފަންޑަށް އެހީވުމަށް ފަސޭހަ ގިނަ އިންތިޒާމްތަކެއްވަނީ ހަމަޖައްސާފައެވެ. އެގޮތުން ކިއުއާރު ކޯޑް ސްކޭންކޮށްގެން ފަސޭހައިން ފައިސާ ޖަމާ ކުރެވޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ. އަދި ނަގުދު ފައިސާ، ޓްރާންސްފަރގެ އިތުރުން ޗެކް މެދުވެރިކޮށްވެސް މިޓެލެތޯނަށް ފައިސާ ޖަމާކުރެވޭ ގޮތް ވަނީ ހަމަޖައްސާފައެވެ.

މި ޓެލެތޯން ކުރިޔަށްދަނީ 37 މީޑިއާއެކުގައި އެވެ. އޭގެތެރޭގައި “މުޅިރާއްޖެ” ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Image

މާލޭ ސިޓީ ކައުންސިލުން 98 މިލިއަން ރުފިޔާ ނުދޭތީ ވެމްކޯއަށް މާލީ ބޮޑު ގެއްލުމެއް

ވިޔަފާރިތަކަށް ވެމްކޯއިން ކުނި އުކާލުމުގައި ނަގާ ފީ ކުޑަކުރަނީ

990

އައްޑޫ ގަމުގައި މޫސުމާ ބެހޭ އިދާރާގެ އޮފީހެއް އިމާރާތްކުރަން ވެމްކޯއާ ހަވާލުކޮށްފި

ސިލޯނާއި އެކު ދިވެހީން ޓެލެތޯނަށް އެޗްޑިސީން 1 ލައްކަ ރުފިޔާ ހަދިޔާ ކޮށްފި

TTH_advertisement