ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ސްރީލަންކާއިން ޜާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ރިޒްވީގެ ޚާއްސަ ޝުކުރު ދިވެހި ރައްޔިތުންނަށް

Ii

ސްރީލަންކާއިން އެހީއަށް އެދުމުން އެންމެ ފުރަތަމަ އިޖާބަދިން ޤައުމަކީ ދިވެހިރާއްޖެކަން ފާހަގަކުރައްވައި ސްރީލަންކާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ރިޒްވީ ހަސަން ދިވެހި ރައްޔިތުންނަށް ޚާއްސަ ޝުކުރެއް އަރިސްކުރައްވައިފިއެވެ.

ޕީއެސްއެމް އިސްނަގައިގެން ރާޢްޖޭގެ މީޑިއާތަކާއި ގުޅިގެން ކުރިއަށްގެންދާ “ސިލޯނާއެކު ދިވެހީން” ޓެލެތޯންގައި ވާހަކަ ދައްކަވަމުން ސަފީރު ވިދާޅުވީ ތޫފާން ދިތުވާގެ ސަބަބުން ލަންކާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށާއި، ގެއްލުންތައް ވަޒަންކޮށް ހާލުގައި ޖެހިފައިވާ ފަރާތްތައް ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މިހާލަތުގައި ދިވެހިން ލަންކާއަށް ދެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ސަފީރު މުހައްމަދު ރިޒްވީ ހަސަން ޝުކުރު އަދާކުރެއްވިއެވެ. ރިޒްވީ ވިދާޅުވީ ދިވެހި ސަރުކާރުން މިކަމުގައި އިސްނަންގަވައި ދެއްވި އެހީތެރިކަން ބަލައިގަންނަކަމަށެވެ.

” އަޅުގަނޑުމެންނަށް ތި ބަހައްޓަވާ ގާތްތަކަމާއި ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރަން. ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށާއި މިކަން ކުރިއަށް ގެންދިއުމަށް ދެއްވާ އިރުޝާދަށް ޝުކުރު އަދާކުރަން. އަޅުގަނޑުމެން ވަރަށް ޝުކުރުވެރިވޭ ދިވެހިން ދެމުންދާ އެހީއަށާއި، އަދި ދިވެހިރާއްޖެގެ ރައީސްގެ މަސައްކަތަށް ” ސަފީރު ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ ދެ ޤައުމު ދެމެދު ޒަމާނުއްސުރެ އޮތީ އަޚުވަންތަ ގުޅުމެއް ކަމަށެވެ. އަދި ދިވެހިރާއްޖެއަކީ ލަންކާއަށް ދަތި އުނދަގޫތައް ކުރިމަތިލާންޖެހޭ ވަގުތުތަކުގައި އެންމެ އަވަހަށް ލަންކާއެކު އެއްބައިވަންތަކަން ހާމަކުރާ ޤައުމު ކަމަށް ވިދާޅުވިއެވެ. އަދި މިފަހަރުވެސް އެންމެ އަވަހަށް އެހީގެ އަތް ދިއްކޮށްލި އެއްބަޔަކީ ދިވެހިން ކަމަށް ސަފީރު ވިދާޅުވިއެވެ.

“އެންމެ ފުރަތަމަ އިސްކަމެއް ދެނީ ރައްޔިތުންގެ ރައްކާތެރިކަމަށް. ހާލުގައި ޖެހިފައިވާ ފަރާތްތަކުގެ އަސާސީ ބޭނުންތައް ފުއްދުމަށް. އަޅުގަނޑުމެންނަށް އެހީ ލިބެމުން އެބަދޭ. ރާއްޖެއިން އެންމެ ފުރަތަމަ އެހީ ފޯރުކޮށްދޭން ނިންމީ. ރައީސްގެ އިރުޝާދުގެ ދަށުން ޚާރިޖީ ވުޒާރާއިން ވަނީ އިއުލާންކޮށްފައި މާލީ ގޮތުން އަދި ވަސީލަތްތައް ފޯރުކޮށްދޭން. އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލައިގަންނަން މިކަން ” ސަފީރު ރިޒްވީ ހަސަން ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ ދެ ޤައުމުގެ އަޚުވަންތަ ގުޅުމަކީ ދުވަހަކުވެސް ބަދަލެއް ނާންނާނެ އެކުވެރި ގުޅުމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކަސްޓަމްސްގެ މުވައްޒަފުންގެ ފަރާތުން ލަންކާއަށް 135،700 ރުފިޔާ ހަދިޔާކޮށްފި

ލަންކާގައި އުޅޭ ދިވެހިން އަސާސީ ސާމާނު ހަދިޔާކޮށްފި

ރާއްޖެއިން ހަދިޔާކުރި 25،000 މަސްދަޅު ކޭސް ލަންކާއާ ރަސްމީކޮށް ޙަވާލުކޮށްފި

ދިވެހިންގެ އެހީތެރިކަމަށް ލަންކާގެ ރައީސް ޝުކުރު އަދާކުރައްވައިފި

TTH_advertisement